06 އޮކްޓޯބަރ 2016 - 17:14

ރާއްޖޭގެ ސިޔާސީ ކަންތައްތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަ، އިނގިރޭސިވިލާތާއި ރާއްޖެއިން މާޒީ ހަނދާން ނައްތާލުމަށްފަހު ގުޅިގެން ކުރިޔަށް ދާން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.
އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަނާ އަހުމަދު ޝިޔާން ފޮރިން ސެކްރެޓަރީ ބޮރިސް ޖޯންސަންއާއެކު ނަންގަވާފައިވާ ފޮޓޯއަކާ އެކު ހައި ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ދެ ބޭފުޅުން ވެސް އެއްބަސްވެ ވަޑައިގަތީ މާޒީ ހަނދާން ނައްތާލައި އިގްތިސާދީ އަދި ވިޔަފާރީގެ ރޮނގުން ކުރިޔަށް ދިއުމަށް ކަމަށެވެ.
އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަނުން އެގޮތަށް ޓްވީޓްކުރިއިރު، މަރުގެ ހުކުމް ތަންފީޒުކުރުމާއި ހިޔާލުފާޅުކުރުން ނައްތާލުމަށް ދާދިފަހުން ފާސްކުރި ގާނޫނަށާއި އިދިކޮޅު ލީޑަރުންނަށް ދިގު މުއްދަތުގެ ހުކުމްތައް ކުރަމުން އަންނަ މައްސަލައާ ގުޅިގެން އެ ގައުމުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.