ނާވަސް އަށް ކޮޕަ އެމެރިކާގައި ނުކުޅެވޭނެ
ނާވަސް އަށް ކޮޕަ އެމެރިކާގައި ނުކުޅެވޭނެ

މެޑްރިޑް (މޭ 31) - ވާތު ފަޔަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން ރެއާލް މެޑްރިޑުގެ ގޯލްކީޕަރު ކޭލާ ނާވަސް އަށް ކޮޕަ އެމެރިކާ ސެންޓެނަރިއޯގައި ކޮސްޓަރިކާ އަށް ކުޅުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

އޭނާގެ ބަދަލުގައި ސްކޮޑަށް ނެގީ ޑިޕޯޓިވޯ ސަޕްރިސާގެ ގޯލްކީޕަރު ޑެނީ ކަރްވަހާލް އެވެ.

މި އަނިޔާގެ ސަބަބުން އޭނާ އަށް މިދިޔަ އަހަރުގެ ކޮންކަކާފް ގޯލްޑްކަޕުގައި ވެސް ނުކުޅެ އެވެ. މިކަމަށް ހައްލު ހޯދުމަށް ސްޕެޝަލިސްޓެއްގެ އެހީ ހޯދުމަށް އޭނާ މިހާރު ވަނީ ނިންމައިފަ އެވެ. އޭނާ އަނިޔާ އެއްކޮށް ރަނގަޅުނުކޮށް ކުޅެފި ނަމަ ކެރިއަރު ނިންމާލަން ޖެހިދާނެ ކަމުގެ ބިރު އެބައޮތެވެ.

ވޯލްޑް ކަޕުގައި ވިދާލި ކީޕަރު ވަނީ ރެއާލާ އެކު މި ހަފުތާގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އޭނާ ނެތުމަކީ ކޮސްޓަރިކާ އަށް ކުރިމަތިވާނެ ބޮޑު ގެއްލުމެކެވެ.