"ހީލާ ގޮތުން، ބަލާލާ ގޮތުން މި ހިތް ހާދަ އެދެޔޭ ކަލާ ދެކިލުމަށް" މިއީ ލޯބީގެ ވާހަކަތަކެކެވެ. އެކަމަކު މި ވާހަަކަ ކިޔައިދެނީ މިހާރު ލަންޑަންގައި އުޅުއްވާ، އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދެވެ.

އަަޑު އަހާލަން ފަސޭހަ މަޑު މައިތިރި ރާގަކަށް، މަޝްހޫރު ލަވަ ކިޔުންތެރިޔާ އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) ކިޔާ މި ލަވައިގެ ޅެން ހެއްދެވީ އަލީ ވަހީދެވެ. "ހީލާ ގޮތުން"ގެ ނަން ދީފައިވާ ލަވައިގެ މިއުޒިކު ހެދީ ވެސް ކުޑައިއްބެ އެވެ. މިއީ ކުޑައިއްބެގެ ލަވަޔަކަށް ލޯބިކުރާ މީހުންނަށް ހިތްގައިމު ލަވަޔަކަށް ވާނެ ކަމަށް ފެނެ އެވެ.

މިއީ މުޅިން ސިޔާސީ ފިކުރުތަކުން ހާސްވެފައިވާ ސިކުނޑިއަކާއި ހިތަކުން ނިކުމެފައިވާ ޝުއޫރުތަކެކެވެ. މީގައި ސިޔާސީ އެއްވެސް ކުލައެއް ރަހައެއް، ހަމަލާއެއް ނެތެވެ.

ވީޑިއޯއާ ވެސް އެކު މިހާރު ޔޫޓިއުބްގައި އާންމުކޮށްފައިވާ މި ލަވަޔަކީ ރާއްޖެއާ އެތައް މޭލު ދުރުގައި ހުންނަވައިގެން އަލީ ވަހީދުގެ ދިވެހިންނަށް ދޫކޮށްލި އަސަރު ގަދަ ހަދިޔާއަކަށް ވާނެ އެވެ.

އަލީ ވަހީދު މީގެ ކުރިން ވެސް ލަވަ ހެއްދެވި އެވެ. އެކަމަކު އެއީ ގައުމީ ލަވަތަކެވެ.