04 އޮކްޓޯބަރ 2016 - 22:14

މޯލްޑިވިއަންއަށް އަނެއްކާވެސް އިތުރު ސީ ޕްލޭނެއް ރާއްޖެ ގެނެސްފި އެވެ.
މިރޭ ގެނައި ސީޕްލޭނަކީ މޯލްޑިވިއަން އިން މިއަހަރު ގެނައި ތިންވަނަ ސީ ޕްލޭނެވެ. މި ބޯޓާ އެކު އެ ކުންފުނީގެ ސީ ޕްލޭންގެ އަދަދު ނުވައަކަށް އިތުރުވީ އެވެ.
ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ، އައިލެންޑް އޭވިއޭޝަންގެ އާ ސީ ޕްލޭން ރާއްޖެ އައިސް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ޖެއްސީ މިރޭ 7:20ގަ އެވެ.
އެ ކުންފުނިން އެންމެ ފަހުން ސީ ޕްލޭނެއް ގެނައީ މިދިޔަ ޖުލައި މަހު އެވެ. އޭގެ އިތުރުން މިދިޔަ ޖޫން މަހު ވެސް އޭގެ ބޯޓެއް ގެނެސްފައިވެ އެވެ.
މިފަހަރު ގެނައި ބޯޓުގެ ދަތުރުތައް ފަށާނެ ދުވަހެއް އެ ކުންފުނިން އަދި ހާމައެއް ނުކުރެ އެވެ.
މޯލްޑިވިއަންގެ ފުރަތަމަ ސީ ޕްލޭން ރާއްޖެ ގެނައީ މިދިޔަ އަހަރު އޭޕްރިލް މަހު އެވެ.