"މިރްޒިޔާ" ސްކްރީނިންގައި އެންމެންގެ ސަމާލުކަން ޝްރީދޭވީގެ ދަރިފުޅަށް
"މިރްޒިޔާ" ސްކްރީނިންގައި އެންމެންގެ ސަމާލުކަން ޝްރީދޭވީގެ ދަރިފުޅަށް

އަނިލް ކަޕޫރުގެ ފިރިހެންދަރިފުޅު ހަރްޝްވަރްދަން ކަޕޫރާއި ސައިޔާމީ ކޭރްގެ ފުރަތަމަ ފިލްމު "މިރްޒިޔާ" ގެ ޚާއްސަ ޝޯއެއް އާދިއްތަ ދުވަހުގެރޭ ވަނީ ދައުވަތު ދީފައިވާ މެހެމާނުންނަށް ބާއްވާފަ އެވެ. ސައިޔާމީ އަކީ ޝަބާނާ އަޒްމީއަށް ބޮޑުދައިތަ ކިޔާ ބަތަލާ އެކެވެ.

ރާކޭޝް އޯމްޕްރަކާޝް މެހެރާގެ "މިރްޒިޔާ"ގެ ސްކްރީނިން އަށް ދިޔަ އެންމެންނަށް ފިލްމަށް ވުރެ ސަމާލުކަން ދެވުނީ ހަރްޝްވަރްދަންގެ ދެބެންގެ ދެދަރި ކޮއްކޮ ޖާންވީ ކަޕޫރަށެވެ. ޖާންވީ އަކީ މަޝްހޫރު ފިލްމީ ބަތަލާ ޝްރީދޭވީ އާއި ބޯނީ ކަޕޫރުގެ ދޮށީ އަންހެންދަރިފުޅެވެ.

ޖާންވީގެ ރީތިކަމުން "މިރްޒިޔާ" އެންމެން ވެސް އެ ވާހަކަ ދެއްކި އެވެ. އަދި ޖާންވީ ދަންނަ ގިނަ މީހުން ބުނަނީ އޭނާގެ ކިބައިގައި މަންމަ ޝްރީދޭވީގެ ހުރި ވަރުގެ އެކްޓިން ހުނަރު ވެސް ހުރި ކަމަށެވެ.

ޖާންވީ ވެސް މިހާރު ހުރީ ބޮލީވުޑަށް ވަނުމަށް ތައްޔާރަށެވެ. ވަރުން ދަވަން އާ އެކު "ޝިއްދަތު" ކިޔާ ފިލްމެއް ކުޅެން ޖާންވީ ސޮއިކޮށްފިކަމުގެ ޚަބަރުތަކެއް މިހާރު ފެތުރެމުން ދިޔައަސް މިއީ ތެދު ޚަބަރެއް ކަމެއް އަދި ނޭނގެ އެވެ. ކުރިން އާލިއާ ބަޓް ކުޅެން ހަމަޖެހިފައިވާ މި ފިލްމު މިހާރު ޖާންވީ އަށް ލިބިފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.

ބައްޕަ ބޯނީ ކަޕޫރުގެ އަތުގައި ހިފައިގެން ޖާންވީ ދާތަން ފެނިފައި، ފިލްމު ބަލަން ދިޔަ ފިލްމީ ތަރިންނަށް ވުރެ ފޮޓޮގްރާފަރުންގެ ސަމާލުކަން ވެސް ހުއްޓުނީ ޖާންވީއަށެވެ.

މަޑު ފިޔާތޮށިކުލައިގެ ވަރަށް ރީތި ހެދުމެއްގައި ހުރި ޖާންވީގެ ރީތިކަމުން މިހާރު ވެސް ބޮލީވުޑްގެ އެންމެ މަތީ ފަންތީގެ ބަތަލާއަކަށް ދުލެއް ނުކުރެ އެވެ.

"މިރްޒިޔާ"ގެ ސްކްރީނިން އަށް ޖާންވީގެ މަންމަ ޝްރީދޭވީ އާއި އަނިލް ކަޕޫރު އަދި އެ އާއިލާގެ ވަރަށް ގިނަ މީހުން ދިޔަ އެވެ. އަދި ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވެސް ދިޔަ އެވެ.