ބޮންޑްގެ ރޯލަށް އިދްރީސެއް ނޫން، ޖެމީ ބެލްތަ؟
ބޮންޑްގެ ރޯލަށް އިދްރީސެއް ނޫން، ޖެމީ ބެލްތަ؟

މިދިޔަ އަހަރު ސިނަމާތަކަށް އައި ބޮންޑް ސީރީޒްގެ "ސްޕެކްޓްރާ" އަށް ފަހު، ދެން ބޮންޑްގެ ރޯލް ނުކުޅެން އިނގިރޭސި އެކްޓަރު ޑެނިއަލް ކްރެއިގް ނިންމުމާ ގުޅިގެން، އެ ރޯލަށް ދެން އަންނާނެ އެކްޓަރަކާ މެދު ފޭނުންގެ މެދުގައި އަންނަނީ ވަރުގަދަ ބަހުސެއް ހިނގަމުންނެވެ.

ބޮންޑްގެ ރޯލަށް އިދްރީސެއް ނޫން، ޖެމީ ބެލްތަ؟
ބޮންޑްގެ ރޯލަށް އިދްރީސެއް ނޫން، ޖެމީ ބެލްތަ؟

އަޑުތައް އަރާފައިވާ ގޮތުން ބޮންޑްގެ ރޯލުން ދެން ފެނުން އެންމެ ގާތީ ކަޅު އެކްޓަރު އިދްރީސް އެލްބާ އެވެ. އެ ރޯލާ ގުޅޭ ގޮތުން ޑައިރެކްޓަރު ސޭމް މެންޑޭޒާއި އިދްރިސް، 43، އެތައް ފަހަރަކު ބައްދަލު ވެސްކޮށްފައިވާ ކަމަށްވެ އެވެ.

ބޮންޑްގެ ރޯލަށް އިދްރީސެއް ނޫން، ޖެމީ ބެލްތަ؟
ބޮންޑްގެ ރޯލަށް އިދްރީސެއް ނޫން، ޖެމީ ބެލްތަ؟

އެކަމަކު މިހާރު ބޮންޑްގެ ރޯލަށް އިދްރިސް އައުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމަށް ބެލެވެން ފަށައިފި އެވެ. ހާއްސަކޮށް ކަޅު އެކްޓަރަކު އެ ރޯލަށް ގެނައުމަކީ ފޭނުންނަށް ވެސް ހަޖަމު ކުރަން ފަސޭހަ ކަމަކަށް ނުވެ އެވެ.

ރިޕޯޓްތައް މިހާރު ބުނާ ގޮތުން ފިލްމުގެ ޕްރޮޑިއުސަރު ބާބަރާ ބްރޮކޮލީ މިހާރު ބޭނުން ވަނީ އެ ރޯލަށް އަނެއްކާވެސް އިނގިރޭސިވިލާތުގެ އެކްޓަރަކު ގެންނާށެވެ. އެއީ ޖެމީ ބެލް އެވެ.

ޖެމީ، 30، މިހާރު ވެސް އަންނަނީ ބާބަރާ ޕްރޮޑިއުސްކުރާ އެހެން ފިލްމެއްގައި މަސައްކަތް ކުރަން ތައްޔާރުވަމުންނެވެ.

އެއީ "ފިލްމް ސްޓާސް ޑޯންޓް ޑައި އިން ލިވަޕޫލް" އެވެ. ދަ ސަންޑޭ އިން ރިޕޯޓްކޮށްފައިވާ ގޮތުން ބޮންޑްގެ ރޯލަށް ޖެމީ ގެންނަން ބާބަރާ މިހާރު ވަނީ އެންމެ ފަހުގެ ނިންމުން ވެސް ނިންމައިފަ އެވެ.

ބޮންޑްގެ ރޯލަށް "ބިލީ ބިލިއަޓް" ގެ ތަރި މިހާރު ގެންނަން ބޭނުންވާ އެއް ސަބަބަކީ ބޮންޑް ކަހަލަ ވަރުގަދަ އަދި ފިރިހެންވަންތަ ރޯލެއް ކުޅެން، ޖެމީ މިހާރު ފިޓްކަމުންނެވެ.

އެގޮތުން އޭނާ ކުރިން ހުރި ގޮތާއި ހަށިގަނޑަށް މިހާރު ގެނެސްފައިވާ ބަދަލުތަކުން ބޮންޑްގެ ކެރެކްޓާ އަށް ޖެމީ ވަރަށް ބަރާބަރު ކަމަށްވެ އެވެ.

އެކަމަކު ބޮންޑްގެ ފޭނުން އަދިވެސް ތިބީ ޝައްކެއްގެ ތެރޭގަ އެވެ. އެ ރޯލް ކުޅޭނެ ތަރިއަކާ ބެހޭ ގޮތުން ކުރެވޭ ބަހުސަށް ބަރުދަން ހުރި ނިމުމެއް ނާންނާތީ އެވެ.

އިދްރިސް އާ އެކު އިތުރު އެހެން ދެ އެކްޓަރަކު ވެސް ބޮންޑްގެ ރޯލަށް ޝޯޓްލިސްޓްކޮށްފައިވާ ކަމަށްވެ އެވެ. އެއީ "އެވެންޖާސް" ފަދަ ފިލްމްތައް ކުޅެފައިވާ ޓޮމް ހިޑްލްސްޓަން، 35، އާއި "ހޮބިޓް" ގެ ތަރި އެއިޑެން ޓާނާ، 32 އެވެ.