ބިއްސެއް ފަޅާލައިގެން މަރު ވެދާނެ
ބިއްސެއް ފަޅާލައިގެން މަރު ވެދާނެ

މޫނުމަތީގައި ނަގާ ބިހިތައް ކޮއްޓުމަކީ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. މިއީ ސާފުތާހިރު ކަމުގެ ގޮތުން ބަލާއިރު ކަމުދާ ކަމެއް ނޫންކަން އަހަރެމެން ގަބޫލުކުރަމެވެ. އެކަމަކު މޫނުގެ ވަކި ހިސާބެއްގައި ހުންނަ ބިހިތަކާ ކުޅެ ފެޅުމަކީ ވަރަށް ނުރައްކާ ކަމަކަށް ވެދާނެ ކަމަށް ޑާމަޓަލޮޖިސްޓުން އިންޒާރު ދެއްވަ އެވެ.

ބިއްސެއް ފަޅާލައިގެން މަރު ވެދާނެ
ބިއްސެއް ފަޅާލައިގެން މަރު ވެދާނެ

މޫނުގައި ނަގާ އޮށާޅަ އާއި އެކި ފާޑުގެ ބިހިތަކާ ނުކުޅެ ހުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެކަމަކު ޑޮކްޓަރުން އިންޒާރު ދެއްވަނީ ކިތަންމެ ބޭނުންވިޔަސް އެންމެ ރަނގަޅީ ބިހިތަކާ ނުކުޅެ އަދި ނުފެޅޭނެ ގޮތަކަށް އަމަލުތައް ބެހެއްޓުން ކަމަށެވެ.

ޑޮކްޓަރުން އިންޒާރު ދެއްވަނީ މޫނުގެ "ޑޭންޖަ ޓްރައިއެންގަލް" ނުވަތަ ނޭފަތުން ފެށިގެން ތިރިއަށް އަނގަޔާ ހަމަޔަށް އަދި އަނގަޔާ ދިމާލުން ކަތުރުކަށިގަނޑާ ހިސާބަށް ތިނެސްކަނުގެ ބައްޓަމަށްވާ ހިސާބުގައިވާ ބިހިތަކާ ނުކުޅުމަށެވެ. މި ހިސާބުގައި ނަގާ ބިއްސެއް ފަޅާލައިގެން އިންފެކްޓް ވެއްޖެ ނަމަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ އެވެ. ކީއްވެހެއްޔެވެ؟

އެ ހިސާބުގައި ހުންނަ ނާރުތައް ގޮސް ނިމެނީ ބޮލުގެ ފުށްކިބަޔާ ދިމާލަށެވެ. ގޮސް ގުޅެނީ ސިކުނޑިއަށެވެ. އެހެންވެ މި ނާރުތަކާ ގުޅުން ހުރި ތަނެއްގައި އިންފެކްޝަނެއް އުފެދިއްޖެ ނަމަ ސީދާ ވަންނާނީ ނާވް ސެންޓަރަށެވެ. މިހެން ވެއްޖެ ނަމަ ލޮލުގެ ފެނުން ގެއްލުން، ވާގިނެތުން އަދި މަރުވުން ފަދަ ކަމަކާ ކުރިމަތިވުމުގެ ނުރައްކާ އޮވެ އެވެ. އެކަމަކު މިއީ ވަރަށް ނާދިރު ކަމެކެވެ.

މި "ޑޭންޖަ ޓްރައިއެންގަލް" ގައި ހުންނަ ބިހިތަކާ ކުޅޭއިރު ސިކުނޑިއަށް ހަމަޖެހުމެއް ލިބޭ ކަމުގެ އިހްސާސް ކުރެވިދާނެ އެވެ. އެކަމަކު އެންމެ ބުއްދިވެރީ އަތް ވެސް ނުލުމެވެ. ބިހިތަކާ ހެދި އުނދަގޫވާ ނަމަ ޑޮކްޓަރެއްގެ ލަފަޔާ އެކު ހައްލެއް ހޯދާނީ އެވެ. ބިހަ ފަޅާލާނީއެއް ނޫނެވެ. -- އިންޑިޕެންޑެންޓް