05 އޮކްޓޯބަރ 2016 - 06:21

މި ކޮފީ ޕްރޮމޯޓްކުރަނީ އިންސްޓަގްރާމް ކޮށްލަން ރީތި އެއްޗެއްގެ ގޮތުގަ އެވެ. އެކަމަކު ރީތި ފޮޓޯއެއް ނަގަންޏާ އަވަހަށް ނަގަންވީ އެވެ. އެހެން ނޫނީ ހުރިހާ ކޮފީއެއް އެޅޭނީ މުޅި ގަޔަށެވެ. މި ކޮފީ އަޅާފައި ދެނީ ޗޮކްލެޓުގެ ފަށަލަޔަކާ އެކު ހަދާފައިވާ، އައިސްކްރީމް ކޯނެއްގަ އެވެ.
މި ކޯނުގެ ތެރެއަށް އަޅާ ކޮފީން ކޯނު ފޯވެ ފޫވެއްޓެއް ނަގާނީ ހަތަރު މިނެޓެވެ.
އަމިއްލަ އަށް އަޖުމަ ބަލަން ބޭނުން ވިޔަސް އާދައިގެ ތުނި ކޯނަކަށް ކޮފީ ނާޅާށެވެ. ވޮފުލް ގޮތަށް ހުންނަ ބޯ ކޯނަކަށް ނޫނީ ކޮފީ ނާޅާށެވެ.
މިހާރު ޓްރެންޑްވަމުން އަންނަ މި ކޮފީ ކޯންގައި ޗޮކްލެޓާއި ނަޓްސް އަދި ރެއިންބޯ ސްޕްރިންކްލްސް ވެސް ބޭނުންކޮށްފައި ހުރެ އެވެ.
މިގޮތަށް ކޮފީ ދޭން އެންމެ ފުރަތަމަ ފެށީ ކޮން ބައެއް ކަމެއް ނޭނގެ އެވެ. އެކަމަކު ދެކުނު އެފްރިކާގެ ޖޮހަނެސްބާގްގައި ހުންނަ ކުޑަ ކެފޭއެއް ކަމަށްވާ "ދަ ގްރައިންޑް ކޮފީ ކޮމްޕެނީ" އިން ބުނަނީ މިއީ އެ މީހުންގެ ސިގްނޭޗާ ކޮފީ ކަމަށެވެ.
މިއީ ކޮންމެ ބަޔަކު ކުރި އީޖާދެއް ނަމަވެސް މިފަހަރު އިންސްޓަގްރާމްގައި މި ކުޅިވަރު ދައްކާނީ ބަރިސްތާ އަށް މި ކުރެވުނީ މޮޅު ކަމެކެވެ. މިކަން ދުނިޔޭގެ އެކި ހިސާބުތަކުގައި ދަނީ ކޮޕީކުރަމުންނެވެ.