އޮލިމްޕިއަންސްގެ ޝޯތަކެއް މިހާރުގެ ފަންނާނުންނާ އެކު
އޮލިމްޕިއަންސްގެ ޝޯތަކެއް މިހާރުގެ ފަންނާނުންނާ އެކު

އާންމުންގެ މެދުގައި ވަރަށް މަގުބޫލް ރާއްޖޭގެ މަޝްހޫރު ބޭންޑް އޮލިމްޕިއަންސް އަނެއްކާ ވެސް ޝޯތަކަކާ އެކު އޮލިމްޕަހުގެ ސްޓޭޓަޖަށް ނިކުންނަން ތައްޔާރުވެއްޖެ އެވެ.

އޮލިމްޕިއަންސްގެ ޝޯތަކެއް މިހާރުގެ ފަންނާނުންނާ އެކު
އޮލިމްޕިއަންސްގެ ޝޯތަކެއް މިހާރުގެ ފަންނާނުންނާ އެކު

ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އޮލިމްޕިއަންސްގެ ޝޯތައް އޮންނާނީ މި މަހުގެ 5 އަދި 6 ގައި އޮޕިމްޕަހުގެ އެވެ.

އޮލިމްޕިއަންސްގެ ޝޯތަކެއް މިހާރުގެ ފަންނާނުންނާ އެކު
އޮލިމްޕިއަންސްގެ ޝޯތަކެއް މިހާރުގެ ފަންނާނުންނާ އެކު

ޝޯގެ ޓިކެޓް މިހާރު އަންނަނީ ވިއްކަމުންނެވެ. އަގަކީ 150ރ. އެވެ.

ޝޯގެ ޕްރޮމޯޓް ކުރުމުގައި އިސް ދައުރެއް އަދާކުރާ އެންސީއޭ ބޭންޑްގެ ރިދަމް ގިޓަރިސްޓް އިސްމާއީލް މުބާރިކް ބުނީ ޝޯތަކަށް މިހާރު ވެސް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

"ދެ ޝޯ މި ފަހަރު ވެސް މި ބާއްވާނީ. އެހެންވީމާ ކުރިއާލައި ޓިކެޓް ނުހޯދައިފި ނަމަ ޝޯ މިސް ވެދާނެ. އެހެންވެ ވީހާ ވެސް އަވަހަކަށް ޓިކެޓް ނެގުން މުހިއްމު،" އޭނާ ބުންޏެވެ. "މި ފަހަރު ވެސް ވަރަށް ފުރިހަމަ އަދި އެހާމެ ފޯރި ގަދަ ޝޯތަކެއް ފެނިގެން ދާނެ."

އޮލިމްޕިއަންސްގެ ޝޯ މި ފަހަރު ބާއްވަނީ އެ ބޭންޑްގެ ކުރީގެ ތަރިންގެ އިތުރުން ފަހުގެ ގިނަ އަދަދެއްގެ ފަންނާނުންނާ ވެސް އެކުގަ އެވެ.

އޭގެ ތެރޭގައި އެންސީއޭ ބޭންޑް ހިމެނެ އެވެ.

އެ ބޭންޑްގައި ހިމެނޭ މަޝްހޫރު ލަވަ ކިޔުންތެރިންގެ ތެރޭގައި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)، ރާފިޔަތު ރަމީޒާ، އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ)، އަހުމަދު އިބްރާހީމް (އައްމަޑޭ)، ލަމްހާ ލަތީފް (ލަމް)، ޔާމީން ރަޝީދު، މީރާ ފަދަ ފަންނާނުން ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން ޝޯގައި މޯލްޑިވިއަން އައިޑަލްގެ ގަދަ ތިނެއް ކަމަށްވާ ލައިޝާ ޖުނައިދާއި ޝަލަބީ އިބްރާހީމް، އަހުމަދު އިޝާންގެ އިތުރުން އައިޑޮލް އިން ފެނިގެން ދިޔަ ވިއްސަކަށް ފަންނާނުން ޕަފޯމް ކުރާނެ އެވެ.

އިސްމާއީލް ބުނީ ޝޯގައި އޮލިމްޕިއަންސްގެ ހުރިހާ މެމްބަރުން މި ފަހަރު ޝޯ އިން ނުފެންނާނެ ކަމަށެވެ. އެހެން ނަމަވެސް އިބްރާހީމް ހަމްދީ، އަބުދުއް ރައޫފު، މަހުމޫދާ ޝަކީބް، ފާތުމަތު ރައޫފް އަދި ފާތުމަތު ޝަފީގާ ފަދަ މަޝްހޫރު ލަވަ ކިތުންތެރިން ފެނިގެން ދާނެ އެވެ.

"ޝޯގައި މި ފަހަރު ހުރިހާ އާޓިސްޓުން ވެސް ލަވަ ކިޔާނީ ލައިވް މިއުޒިކަށް. އެހެންވެ މިއީ ޝޯގައި ޕަފޯމް ކުރާ ޒުވާން އާޓިސްޓުންނަށް ވެސް ލިބިގެން ދާނެ ވަރަަށް ބޮޑު ތަޖުރިބާއަކަށް މި ޝޯ ވާނީ،" އެސްޓީއޯ އިން ސްޕޮންސަކޮށްގެން ބާއްވާ ދެ ޝޯ އާ ބެހޭ ގޮތުން އިސްމާއީލް ބުންޏެވެ. "ހާއްސަކޮށް އައިޑޮލްގެ ކުދިންނަށް."

އޮލިމްޕިއަންސުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޝޯތަކަށް އާންމުންގެ ފަތާރުން ވަރަށް ބޮޑު ތަރުހީބެއް ލިބެ އެވެ.