04 އޮކްޓޯބަރ 2016 - 06:20

ފިލްމު ޑައިރެކްޓްކުރުމާ ދުރުގައި ގިނަ ދުވަސް ތަކެއް ވަންދެން ހުރުމަށް ފަހު އަދިތުޔާ ޗޯޕްރާ ޑައިރެކްޓްކުރާ "ބޭފިކްރޭ"ގެ ފުރަތަމަ ޓްރެއިލާ ލޯންޗުކުރުން މިމަހުގެ 10 ވަނަ ދުވަހު، ފްރާންސްގެ ޕެރިހުގައި ހުންނަ އައިފުލް ޓަވަރުގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރަންވީރު ސިންގް އާއި ވާނީ ކަޕޫރު ލީޑް ރޯލު ކުޅެފައިވާ މި ފިލްމު ވެގެންދާނީ ހޮލީވުޑް އަދި ބޮލީވުޑް ފިލްމުތަކުގެ ތެރެއިން އައިފުލް ޓަވަރުގައި ރިލީޒްކުރާ ފުރަތަމަ ފިލްމު ޓްރެއިލާ އަށެވެ.
މުޅި ފިލްމުވެސް ޕެރިހުގައި ޝޫޓްކޮށްފައި ވުމާ އެކު ޓްރެއިލާ ލޯންޗްކުރުން ވެސް އެ ރަށުގައި އޮތުމަކީ ހަމަ އެންމެ އެކަށީގެންވާ ގޮތެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.
އަންނަ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހު ރިލީޒްކުރަން ތައްޔާރުވަމުންދާ މި ފިލްމުގެ ވަރަށް ގިނަ ޕޯސްޓަރުތައް މިހާތަނަށް ނެރެފައިވެ އެވެ.