މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަޅިން ބިރު ދައްކައި، މުވައްޒަފުން ބަނދެ ވެސްޓަން ޔުނިއަން ލޫޓުވާލައިފި
މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަޅިން ބިރު ދައްކައި، މުވައްޒަފުން ބަނދެ ވެސްޓަން ޔުނިއަން ލޫޓުވާލައިފި

މާލޭގައި ހުންނަ ވެސްޓަން ޔުނިއަން ޓްރާންސްފާ އޮފީހަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ރޭ ވަދެ، އެތަނުގެ މުވައްޒަފުންތަކެއް ބަނުމަށް ފަހު ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގެންފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނިގޮތުގައި ރޭ 11:45 ހާއިރު މި އަމަލު ހިންގީ ތަނުގައި ތިބި މުވައްޒަފުން ބަނުމުގެ އިތުރުން ވަޅިން ބިރު ދެއްކުމަށް ފަހު ކަން މިހާތަނަށް އެނގެ އެވެ.

ހެންވޭރު ބޯޅަދަނޑު ކުރިމަތީގައި ހުންނަ ވެސްޓަން ޔޫނިއަންގެ އޮފީހުން ފޭރިގަތް ފައިސާގެ އަދަދެއް އަދި ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލާގައި މީހަކު ހައްޔަރުކުރި ކަމެއް ވެސް ނޭނގެ އެވެ.