ސައިފްގެ ކައިވެންޏަށް ކަރީނާ ދެ ފަހަރު ނޫނެކޭ ބުނި
ސައިފްގެ ކައިވެންޏަށް ކަރީނާ ދެ ފަހަރު ނޫނެކޭ ބުނި

ސައިފް އަލީ ޚާނާއި ކަރީނާ ކަޕޫރުގެ ލޯބީގެ ވާހަކަ ފެށެނީ 2008 ވަނަ އަހަރު މި ދެ ތަރިން އެކުގައި ކުޅުނު "ތަޝަން"ގެ ސެޓުންނެވެ. ފިލްމުގެ ޝޫޓިން ފެށިތާ މާ ގިނަ ދުވަހެއް ނުވެ މި ދެ އެކްޓަރުން ލޯބީގެ ގޮތުން ގުޅުނެވެ. އަދި ފަސް އަހަރު ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު 2012 ގައި ކައިވެނި ކުރަން ނިންމި އެވެ.

ނަމަވެސް ކަރީނާ ކައިވެންޏަށް އެއްބަސް ކުރުވުން ސައިފް އަށް ވީ އުނދަގޫ ކަމަކަށެވެ.

ދާދިފަހުން ފިލްމްފެއާ މަޖައްލާ އަށް ދީފައިވާ އިންޓަވިއުއެއްގައި ކަރީނާ ބުނެފައިވާ ގޮތުގައި ސައިފް ދެ ފަހަރު އެހުމުން ވެސް ކަރީނާ ކައިވެންޏަށް ނޫނެކޭ ބުނެފައިވެ އެވެ. ސަބަބަކީ ފިލްމީ ކެރިއަރަށް އެކަމުން ނުރަނގަޅު އަސަރުތަކެއް ކޮށްފާނެތީ އެވެ.

ކަރީނާ ބުނެފައިވާ ގޮތުގައި ސައިފް ދެ ފެ ފަހަރަށް ވެސް އޭނާއަށް ޕްރޮޕޯޒްކުރީ ޗުއްޓީއެއްގައި ޕެރިހުގައި ތިބި ދުވަސްވަރަކު އެވެ. އެއީ ސައިފްގެ ބައްޕަ މަންސޫރު އަލީ ޚާން ޕަތައުޑީ ސައިފްގެ މަންމަ ޝަރުމީލާ ޓޭގޯ އަށް ޕްރޮޕޯޒްކުރީ ވެސް ޕެރިހުގައި ކަމަށް ވާތީ އެވެ. އެދުވަސްވަރު ޝަރުމީލާ ޕެރިހުގައި ހުރީ "އޭން އިވްނިން އިން ޕެރިސް" ގެ ޝޫޓިންގަ އެވެ.

ކަރީނާ ސައިފް އާ ކައިވެނިކުރަން އެއްބަސްވީ އޭނާ ތިން ވަނަ ފަހަރަށް އެހުމުންނެވެ.

ސައިފް އާއި ކަރީނާގެ ކައިވެންޏަށް ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު މި ދެމަފިރިން މިހާރު އިންތިޒާރު ކުރަމުންދަނީ އަންނަ ޑިސެމްބަރުމަހު އެމީހުންގެ އަލަތު ދަރިފުޅު ދުނިޔެއަށް އުފަން ވާނެ ދުވަހަކަށެވެ.