ބޭރުގެ މާލީ އެހީ ހޯދަން ސަބްސިޑީ ކަނޑާލަން ޖެހޭ: ސަރުކާރު
ބޭރުގެ މާލީ އެހީ ހޯދަން ސަބްސިޑީ ކަނޑާލަން ޖެހޭ: ސަރުކާރު

ރާއްޖެ އަށް ބޭރުގެ ފަރާތްތަކުން ދޭ އެހީ ހޯދުމަށް ސަރުކާރުން ރައްޔިތުންނަށް ދޭ ސަބްސިޑީތައް ކަނޑާލަން ޖެހޭ ކަމަށް އިކޮނޮމިކް ކައުންސިލުން މިއަދު ބުނެފި އެވެ.

ބޭރުގެ މާލީ އެހީ ހޯދަން ސަބްސިޑީ ކަނޑާލަން ޖެހޭ: ސަރުކާރު
ބޭރުގެ މާލީ އެހީ ހޯދަން ސަބްސިޑީ ކަނޑާލަން ޖެހޭ: ސަރުކާރު

ސަރުކާރުން ކާޑަށް ދޭ ސަބްސިޑީ ހަމައެކަނި ފަގީރުންނަށް ދޭން ފެށުމާ ގުޅޭ ގޮތުން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލާއި ކަމާ ބެހޭ އެހެން އިދާރާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކައުންސިލުގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވީ ރާއްޖޭގައި މިހާރު ހުރިހާ ހިދުމަތްތަކެއް ވެސް ދެމުން އަންނަނީ ސަބްސިޑީ ނުވަތަ ސަރުކާރުގެ އެހީގެ ދަށުން ކަމަށެވެ. އަދި ހުރިހާ ކަމަކަށް ސަރުކާރުން ސަބްސިޑީ ދީގެން ބޭރުގެ މާލީ އެހީތެރިކަން ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކާބޯތަކެއްޗާއި ކަރަންޓުގެ އިތުރުން ބޭސްފަރުވާ އަށް ވެސް ސަބްސިޑީ އެބަ ދޭ. ތައުލީމަށާއި ބަނދަރު ހެދުމަށާއި ނަރުދަމާގެ މަސައްކަތްތައް ވެސް މި ކުރަނީ ސަބްސިޑީގެ ދަށުން. އެކަމަކު ބޭރުގެ މާލީ އިދާރާތަކުން އަބަދުމެ އަބަދު އަންގަމުންދާ އެ އެންގުންތަކަށް އިދިކޮޅު ހެދެން ނެތީމައި ކަރަންޓާއި ކާބޯތަކެތިން ސަބްސިޑީ މިކަނޑާލީ،" ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒުހޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަބްސިޑީގެ ވާހަކަ ރާއްޖޭގައި ދެކެވޭތާ ވަރަށް ޒަމާން ވެއްޖެ ކަމަށާއި އެ ކަނޑާލުމުގެ ވާހަކަ ކޮންމެ އަހަރަކު ވެސް ދައްކާ ކަމަށެވެ. އެކަމަކު ކުރީގެ ސަރުކާރުތަކަށް އެކަން ކުރެވިފައި ނުވާ ކަމަށް ޒުހޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ސަބްސިޑީ ކަނޑާލާފައި ނުވަނީ އެކަން ކުރަން ނުޖެހިގެން ނޫން ކަމަށާއި އެކަމަކު ކުރަން ނުކެރިގެން ކަމަށެވެ.

"މި ފަދަ ކޮންމެ ކަމަކީ ވެސް ރައްޔިތުންގެ ހިތްހަމަ ނުޖެހުންތައް އަންނާނެ ކަންކަން. އަޅުގަނޑުމެން ވެސް ބޭނުމެއް ނުވޭ ރައްޔިތުން ހިތް ނުތަނަވަސް ކުރާކަށް. އެކަމަކު މިއީ ކުރަން ޖެހޭނެ ކަންކަން،" ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި ޒުހޫރު ވިދާޅުވި އެވެ.

"މީގެ ސަބަބުން ގެއްލުމެއް ވާނަމަ، ސަރުކާރުން އެބަ (އެންސްޕާ މެދުވެރިކޮށް) އެހީތެރިވެދޭ،"

ޒުހޫރު ވިދާޅުވީ ސަބްސިޑީ ކަނޑާލައިގެން 140 މިލިއަން ރުފިޔާގެ ފައިދާއެއް ސަރުކާރަށް ވުމަށް ވުރެ މުހިއްމީ، ބޮޑެތި މަޝްރޫއުތައް ހިންގުމަށް ބޭރުގެ މާލީ އިދާރާތަކުން ދޭ ލޯނުގެ އެހީ މެދުކެނޑުމެއް ނެތި ލިބުން ކަމަށެވެ. އަދި މިކަމަށް ދުނިޔޭގެ ގައުމުތަކުން ޕްރެޝަރުތައް ކުރިމަތި ކުރާ ކަމަށްް ވެސް އޭނާ ވިދާޅުވި އެވެ.

ޒުހޫރު ވިދާޅުވީ ރާއްޖޭގައި އިންކަމް ޓެކްސް ނުނަގާއިރު ސަރުކާރަށް ލިބޭ އާމްދަނީން ހުރިހާ ކަމެއް ފޫނުބެއްދޭނެ ކަމަށެވެ. އެކަމަކު ސިޔާސީ ގޮތުން ވެސް ބޮޑެތި ފިއްތުންތައް ކުރިމަތިވެފައިވާ މި ދަނޑިވަޅު ސަބްސިޑީ ކަނޑާލުމަކީ ރަނގަޅަށް ކުރި ކަމެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އަންނަނީ ކަންތައްތައް ރަނގަޅު ކުރަމުން. އެކަމަކު ރަނގަޅު ކުރުމަށް އިންކަމް ޓެކްސް ނަގާނެއެކޭ ނޫން މި ދަންނަވަނީ. ސަބްސިޑީ ވެސް ކަނޑާލީ އޭގެ ނޭދެވޭ އަސަރު ވީހާ ވެސް ކުޑަވާނެ ގޮތަކަށް ބަލައިގެން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ކާޑަށް ދޭ ސަބްސިޑީ ކަނޑާލައި ހަމަ އެކަނި ފަގީރުންނަށް ދޭ އެއްޗެއްގެ ގޮތުގައި ހަމަޖެއްސުމާ އެކު ކާޑުގެ ބާވަތްތަކުން އަގުވަނީ ބޮޑުވެފަ އެވެ.

އެގޮތުން ހަނޑޫ ކިލޯއެއް ދެން ގަންނަން ލިބޭނީ 7.96ރ. އަށެވެ. މިހާތަނަށް ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް ވަނީ އަރާފަ އެވެ. ފުށް ކިލޯއެއް މިހާތަނަށް ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ.