ކޯސެޓް ބްރެއިޑް: ކޮންސެޓްތަކަށް ކުޑަކުދިންނަށް ރަނގަޅު ސްޓައިލެއް
ކޯސެޓް ބްރެއިޑް: ކޮންސެޓްތަކަށް ކުޑަކުދިންނަށް ރަނގަޅު ސްޓައިލެއް

މިޒަމާނަކީ ބޭނުން ގޮތަކަށް އިސްތަށިގަނޑު ބަދަލުކޮށްލެވޭ ޒަމާނެކެެވެ. އެއްދުވަހު އިސްތަށިގަނޑު ދަނބު ކުލާގައި ބަހައްޓާފައި އަނެއް ދުވަހު އިސްތަށިގަނޑު ކަކުލާ ހަމައަށް ދިގުކޮށް ބެހެއްޓިދާނެ އެވެ.

ކޯސެޓް ބްރެއިޑް: ކޮންސެޓްތަކަށް ކުޑަކުދިންނަށް ރަނގަޅު ސްޓައިލެއް
ކޯސެޓް ބްރެއިޑް: ކޮންސެޓްތަކަށް ކުޑަކުދިންނަށް ރަނގަޅު ސްޓައިލެއް

މިއަހަރު އެންމެ މަގުބޫލުވި ހެއާ ސްޓައިލް ތަކުގެ ތެރޭގައި، ރެއިންބޯ ހެއާ އާއި ޔުނިކޯން ހެޔާ ހިމެނެ އެވެ. އަދި އިސްތަށިނގަޑު ބޮކްސާ ބްރެއިޑް ސްޓައިލަށް ގަތާލުމަކީ ވެސް ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ގޮތެކެވެ. އެކަމަކު، އިސްތަށިގަނޑު ޑައި ނުކޮށް ރީތި ގޮތަކަށް ގަތާލެވޭ ސްޓައިލެއް ފަހަކަށްއައިސް މީހުންގެ ތެރޭގައި މަގުބޫލު ވެއްޖެ އެވެ.

ކޯސެޓް ބްރެއިޑް: ކޮންސެޓްތަކަށް ކުޑަކުދިންނަށް ރަނގަޅު ސްޓައިލެއް
ކޯސެޓް ބްރެއިޑް: ކޮންސެޓްތަކަށް ކުޑަކުދިންނަށް ރަނގަޅު ސްޓައިލެއް

ކޯސެޓް ބްރެއިޑް އަކީ އިސްތަށިގަނޑު ބޮކްސާ، ފިޝް ޓެއިލް ނުވަތަ ޑަޗް ބްރެއިޑަށް ގަތާލާއިރު އިސްތަށިގަނޑުގެ ދޭތެރެއަށް އެކި ކުލައިގެ ރިބަން ލައްވާފައި ހުންނަ ސްޓައިލެކެވެ. ކޯސެޓް ބްރެއިޑް ފުރަތަމަ އާއްމުންގެ ތެރޭގައި މަގުބޫލުވީ 80ގެ އަހަރުތަކުގަ އެވެ.

އެއްގޮތަކަށް އިސްތަށިގަނޑު ގަތާ ފޫހިވެއްޖެ ނަމަ ކޯސެޓް ބްރެއިޑަކީ ހަރަދު ކުޑަ އަދި ބަލައިލަން ހިތްގައިމު، ތައްޔާރުކޮށްލަން މަޖާ ސްޓައިލެކެވެ. މިއަހަރުގެ ފެޝަން ޝޯތަކުން ވެސް ކޯސެޓް ސްޓައިލް ހެދުންތަކުގައި ބޭނުން ކޮށްފައިވެ އެވެ. ވީމާ ކޯސެޓް ސްޓައިލަށް އިސްތަށިގަނޑު ގަތާލުމަކީ ފަހުގެ ފެޝަނެކެވެ.

ބޭރުގެ ގައުމުތަކުގައި ކޯސެޓް ބްރެއިޑް އާއްމުކޮށް ގަތަނީ ކުޑަކުދިންގެ އެވެ. ކުޑަކުދިންގެ އިސްތަށިގަނޑަށް އެކި ޒާތުގެ ސްޕްރޭ ކޮށް، ވަރުގަދަ ކެމިކަލްތައް ބޭނުންކޮށްގެން ޑައި ކޮށްގެން ސްޓައިލް ކުރުމުގެ ބަދަލުގައި ކޯސެޓް ބްރެއިޑް ފަދަ ރީތި ސާދާ ސްޓައިލެއް މާ އެކަށީގެންވެ އެވެ.

ފިޔާތޮށި، ނޫ، ރީނދޫ ނުވަތަ ރެއިންބޯ ކުލައިގެ ރިބަން ކޯސެޓް ބްރެއިޑް ކުރާއިރު ބޭނުންކުރެވިދާނެ އެވެ. މިއީ ކޮންސެޓް ޝޯ އަކަށް ނުވަތަ ޕާޓީއަކަށް ބޭނުންކޮށްލެވޭނެ ނަލަ ސްޓައިލެކެވެ.