ބުރުގާ އެޅި މީހަކު "ޕްލޭބޯއީ" މަޖައްލާގައި ފުރަތަމަ ފަަހަރަށް ފީޗާ ކުރަނީ
ބުރުގާ އެޅި މީހަކު "ޕްލޭބޯއީ" މަޖައްލާގައި ފުރަތަމަ ފަަހަރަށް ފީޗާ ކުރަނީ

މަޝްހޫރު މަޖައްލާ "ޕްލޭބޯއީ" އަކީ މިހާރު ލައިފްސްޓައިލް މަޖައްލާ އެކެވެ. އެމަޖައްލާގައި އެމެރިކާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ހުނަރުވެރި، ހިތްވަރުގަދަ މީހުންގެ ވާހަކަތައް ހިމަނާފައިވެ އެވެ.

ބުރުގާ އެޅި މީހަކު "ޕްލޭބޯއީ" މަޖައްލާގައި ފުރަތަމަ ފަަހަރަށް ފީޗާ ކުރަނީ
ބުރުގާ އެޅި މީހަކު "ޕްލޭބޯއީ" މަޖައްލާގައި ފުރަތަމަ ފަަހަރަށް ފީޗާ ކުރަނީ

މިފަހަރުގެ ޕްލޭބޯއީ މަޖަައްލާގެ 'ރެނެގޭޑްސް އޮފް 2016' ލިސްޓުގައި 22 އަހަރުގެ ނޫސް ރިޕޯޓާ ނޫރް ޓަގޫރީ ހިމެނެ އެވެ. ބުރުގާ އަޅައިގެން އޮން އެއާ ނޫސް ރިޕޯޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހުން އެމެރިކާގައި މަދެވެ. ލީބިޔާ އަށް ނިސްބަތްވާ ވެސްޓް ވަޖިނިޔާގައި ދިރިއުޅޭ ނޫރް އަކީ އޭގެ ތެރެއިން އެކަކެވެ.

ނޫރްގެ ހިތްވަރުގަދަ ކަމަށާއި އޭނާގެ މަސައްކަތްތެރިކަމަށް އެ ފީޗާގައި އަލި އަޅުވާފައިވެ އެވެ. އެމެރިކާގައި މުސްލިމް ހިޖާބީއެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އުނދަގޫކަމެއް ކަަމަށް ނޫރް ބުނެފައިވެ އެވެ.

"މިޑިއާގައި މީހެއްގެ ވާހަކަ އެކި ގޮތްގޮތަށް ޖަހާނެކަން އެނގޭ،" އޭނާ ބުނެފައިވެ އެވެ.

އެކަމަކު ނޫރް ގަބޫލު ކުރާ ގޮތުގައި އިންސާފަކީ ގަދައަޅާ މަސައްކަތް ކޮށްފިނަމަ ހާސިލް ވާނެ ކަމެކެވެ. ނޫރް ޓެޑް އެކްސް ގައިވެސް އޭނާގެ ތަޖުރިބާ އާއި މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

ނަމަވެސް ޕްލޭބޯއީގައި ނޫރް ފީޗާ ކުރުމުން ގިނަ މުސްލިމުން ފާޑުކިޔާފައިވެ އެވެ. ބައެއް މީހުން ބުނާގޮތުގައި އޭނާ އަކީ ޕަބްލިސިޓީ އާއި މިޑިއާގެ ސަމާލުކަން ހޯދަން އުޅޭ މީހެކެވެ. އަދި މުސްލިމެއްގެ ގޮތުގައި ޕްލޭބޯއީ ފަދަ މަޖައްލާއެއްގަ ފީޗާ ވުމުން މުސްލިމުންނަށް ކުރާ މަލާމާތެއް ފަދަ އެވެ.

ނޫރްގެ ޕްލޭބޯއި ފީޗާއަށް ފަހުރުވެރިވާ މުސްލިމުން ވެސް މަދެއް ނޫނެވެ. ޣައިރު މުސްލިމު ގައުމެއްގައި ފަހުރުވެރިކަމާ އެކު ކޮންމެ ޕްލެޓްފޯމެއްގައި މުސްލިމުން ރަމްޒުކޮށް ދީނާއި އިންސާނިއްޔަތު ކަމުގެ ވާހަކަ ދެއްކުމަކީ މުހިއްމުކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ.