އަމާނާ ތަކާފުލް އިން ސަފާރީ އޮޕަރޭޓަރުންނަށް އިންޝުއަރެންސްގެ މައުލޫމާތު ދީފި
އަމާނާ ތަކާފުލް އިން ސަފާރީ އޮޕަރޭޓަރުންނަށް އިންޝުއަރެންސްގެ މައުލޫމާތު ދީފި

އަމާނާ ތަކަފުލް އިން އޮޑިދޯނިފަހަރަށް ދޭ މެރިން ހަލް އިންޝުއަރެންސަށް ހޭލުންތެރިކުރުމަށް ބޭރުގެ ތަޖުރިބާކާރަކު ގެނެސް، މައުލޫމާތު ދީފި އެވެ.

އަމާނާ ތަކަފުލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލިވަބޯޑް އެސޯސިއޭޝަނާ ގުޅިގެން ސަފާރީ އޮޕްރޭޓަރުންނަށް ހާއްސަކޮށް ހިންގި ސެޝަން ބޭއްވީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.

ސްޓެލްކޯގެ ސެމިނާ ރޫމްގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މައުލޫމާތު ދިނީ އިންޝުއަރެންސް ސިނާއަތުގައި 40 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެއް ކަމަށްވާ މާކް ސްޓީވަންސް އެވެ. އޭނާ ހިއްސާކުރި މައުލޫމާތުގެ ތެރޭގައި ހަލް އިންޝުއަރެންސް ކަވަރޭޖް، ރިސްކުތަށް ބެހިގެންދާ ބައިތަކާއި އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ ގުޅޭ ކަންކަން ހިމެނެ އެވެ.

އިސްލާމީ ޝަރީއަތާ އެއްގޮތަށް އިންޝުއަރެންސްގެ ހިދުމަތް ދޭ އަމާނާ ތަކާފުލް އިން އިންޝުއަރެންސްގެ ގިނަ ހިދުމަތްތަކެއް ދެ އެވެ. އޭގެ ތެރޭގައި މެރިން ހަލް އިންޝުއަރެންސްގެ އިތުރުން، ވިޔަފާރިތަކުގެ ރައްކާތެރިކަމަށް ބޭނުން ތަފާތު ވައްތަރުގެ އިންޝުއަރެންސް ޕެކޭޖްތައް ހިމެނެ އެވެ.