ރާއްޖޭގެ އެމްބަސީއެއް ޖަރުމަނުގައި ހުޅުވައިފި
ރާއްޖޭގެ އެމްބަސީއެއް ޖަރުމަނުގައި ހުޅުވައިފި

ރާއްޖޭގެ އެމްބަސީއެއް ޖަރުމަނުގައި މިއަދު ހުޅުވައިފި އެވެ.

ރާއްޖޭގެ އެމްބަސީއެއް ޖަރުމަނުގައި ހުޅުވައިފި
ރާއްޖޭގެ އެމްބަސީއެއް ޖަރުމަނުގައި ހުޅުވައިފި

ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ ރާއްޖޭގެ އެމްބަސީ ޖަރުމަނުގައި ހުޅުވައިދެއްވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދ އާސިމް ކަމަށެވެ.

ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޖަރުމަނުންނެވެ. މީގެ އިތުރުން ރާއްޖޭން އެންމެ ގިނަ އަދަދަކަށް މަސް ބޭރުކުރާ އެއް ގައުމަކީ ވެސް އަދި ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ އޮންނަނީ ޖަރުމަނުގަ އެވެ. ބާލިންގައި ބާއްވާ މި ފެއާގައި ކޮންމެ އަހަރަކު ވެސް ރާއްޖޭން ވަރަށް އިސްކަމެއް ދީގެން ބައިވެރިވެ އެވެ.