29 ސެޕްޓެމްބަރ 2016 - 12:29

ލަންޑަން (ސެޕްޓެމްބަރު 29) - އުޅަބޮއްޓަށް ލިބިފައިވާ އަނިޔާއިން ސަލާމަތް ނުވާތީ ޗައިނާ އޯޕަންގައި ނުކުޅެން އެންމެ ފަހުގެ ޗެމްޕިއަން އަދި ދުނިޔޭގެ އެއް ވަނަ ފިރިހެން ޓެނިސް ކުޅުންތެރިއާ ނޮވަކް ޖޮކޮވިޗް ނިންމައިފި އެވެ.
ޖޮކޮވިޗް ވަނީ އެންމެ ފަހުން ޗައިނާ އޯޕަންގައި ކުޅުނު 29 މެޗުން މޮޅުވެފަ އެވެ. މިިދިޔަ އަހަރުގެ ފައިނަލުުން ޖޮކޮވިޗް މޮޅުވީ ސްޕެއިނުގެ ރަފައެލް ނަޑާލްއާ ވާދަކޮށެވެ.
"ޗައިނާ އޯޕަން އަކީ އަހަންނަށް ވަރަށް ހާއްސަ މުބާރާތެއް. މި މުބާރާތުގައި ނުކުޅެވުމަކީ އަހަންނަށް ލިބޭ ވަރަށް މޮޑު މާޔޫސްކަމެއް،" މި އަހަރު އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަން ކާމިޔާބުކުރި ޖޮކޮވިޗް ބުންޏެވެ.
ޖޮކޮވިޗަށް އަނިޔާވީ ޔޫއެސް އޯޕަންގެ ފައިނަލުގައި ސްޓެން ވަަވަރިންކާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ޖޮކޮވިޗް ބުނީ އޭނާގެ ޑޮކްޓަރު ވަނީ އަނިޔާއިން އެއްކޮށް ރަނގަޅު ނުވަނިސް ނުކުޅެން ލަފާދީފައި ކަމަށެވެ.
އަންނަ މަހު 3 އިން 9 އަށް ބެއިޖިންގައި ކުރިއަށްދާ ޗައިނާ އޯޕަންގައި ޖޮކޮވިޗް ވާދަނުކުރާތީ މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑީ ނަޑާލް ނުވަތަ އެންޑީ މަރޭ އެވެ.
ޖޮކޮވިޗް ބުނީ ޗައިނާ އޯޕަންގައި ނުކުޅެވުނު ނަމަވެސް އަންނަ މަހު 10 ވަނަ ދުވަހު ފަށާ ޝަންހާއީ މާސްޓާސްގައި ކުޅޭނެ ކަމަށެވެ.