މަންމައާ ހެދި ސާރާގެ ފިލްމީ ކެރިއަރު ނުފެށިފައި
މަންމައާ ހެދި ސާރާގެ ފިލްމީ ކެރިއަރު ނުފެށިފައި

ފިލްމީ ތަރިން ކަމަށްވާ ސައިފް އަލީ ޚާނާއި އަމްރިތާ ސިންގްގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާން ބޮލީވުޑަށް ތައާރަފްވާނެ ފިލްމެއްގެ ގޮތުގައި ކުރިން ހަމަޖެހިފައި އޮތީ ކަރަން ޖޯހަރްގެ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އެވެ. ނަމަވެސް ޓައިގާ ޝްރޮފް ބަތަލުގެ ބައި ކުޅޭ މި ފިލްމު ނުކުޅެން ސާރާ މިހާރު ވަނީ ނިންމައިފަ އެވެ.

މަންމައާ ހެދި ސާރާގެ ފިލްމީ ކެރިއަރު ނުފެށިފައި
މަންމައާ ހެދި ސާރާގެ ފިލްމީ ކެރިއަރު ނުފެށިފައި

ސާރާގެ ފިލްމީ ކެރިއަރު ފެށުމުގެ ގޮތުން އޭނާ ގުޅިފައިވާ ޓެލެންޓް މެނޭޖްމަންޓް އެޖެންސީން ވެސް އޭނާ މިހާރު ވަނީ ވަކިވެފަ އެވެ. މި އެޖެންސީ އަކީ ކަރަން ޖޯހަރްގެ މަސައްކަތްތައް ވެސް ބަލަހައްޓާ އެޖެންސީ އެވެ.

މި ފިލްމު ނުކުޅެން ނިންމުމުން، ސާރާ ދެން ފިލްމީ މަސައްކަތަށް ތައާރަފްވާނީ ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާންއާ އެކު ހޮލީވުޑް ފިލްމު "ދަ ފޯލްޓް އިން އަވަ ސްޓާޒް"ގެ ހިންދީ ރިމޭކްގަ އެވެ. މޯހިތު ސޫރީ ޑައިރެކްޓްކުރާ މި ފިލްމު ކުޅެން ސާރާ ސޮއިކުރުމާ ހިސާބަށް ގޮސްފައި ވަނިކޮށް މި ފިލްމަށް ވެސް މިހާރު އޭނާ ވަނީ ނޫނެކޭ ބުނެފަ އެވެ.

މި ދެ ފިލްމު ވެސް ސާރާ ނުކުޅެން ނިންމީ އޭނާގެ މަންމަ ހިތްހަމަނުޖެހިގެންނެވެ.

ސާރާ މިހާރު ވަނީ އޭނާގެ ސިފައަށް ބޮޑު ބަދަލެއް ގެނެސް ބޮލީވުޑަށް ވަނުމަށް ތައްޔާރުވެފަ އެވެ. ނަމަވެސް ދާދިފަހުން އޮތް، ސާރާގެ ދޮންމަންމަ ކަރީނާ ކަޕޫރުގެ އުފަން ދުވަހުގެ ޕާޓީ އަށް ސާރާ މާ ކުރު ހެދުމެއް ލައިގެން ގޮސް ހުއްޓާ ނަގާފައި ހުރި ފޮޓޯތަކެއް ފެނުމުން ވެސް އަމްރިތާ އެކަމާ ހިތްހަމަނުޖެހިފައިވާ ކަމަށް މީޑިއާގައި ބުނެ އެވެ. ބުނެވޭ ގޮތުގައި މިޒަމާނުގެ ފެޝަނަށް ހެދުން އަޅައި ޒީނަތްތެރިވުމަށް ސާރާއަށް ނަސޭހަތްދެނީ ކަރީނާ އެވެ. އަދި ކަރީނާ އާއި ސާރާ އަކީ ވަރަށް ގާތް ދެ އެކުވެރިންގެ ގޮތުގައި އުޅޭ ދެ މީހުންނަށް ވާތީ ކަރީނާ ދައްކާ ވާހަކަ ސާރާ ވަރަށް ފަސޭހައިން ގަބޫލުކުރެ އެވެ. އެކަމާ އަމްރިތާ ހިތްހަމަނުޖެހޭ ކަމަށް ވެސް ތުންތުންމަތިން ވާހަކަ ދެކެވެ އެވެ.