ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ފުރަތަމަ ފަހަރަށް ހިއްސާ ވިއްކަން ހުޅުވާލައިފި
ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ފުރަތަމަ ފަހަރަށް ހިއްސާ ވިއްކަން ހުޅުވާލައިފި

ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ފުރަތަމަ ފަހަރަށް އާއްމުކޮށް ހިއްސާ ވިއްކަން މިއަދު ހުޅުވާލައިފި އެވެ.

ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ފުރަތަމަ ފަހަރަށް ހިއްސާ ވިއްކަން ހުޅުވާލައިފި
ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ފުރަތަމަ ފަހަރަށް ހިއްސާ ވިއްކަން ހުޅުވާލައިފި

ޝިޕިން އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ހަރަކާތްތެރިވާ ސެންޗޫރިއަން އިން ވަނީ އެ ކުންފުނީގެ މައުލޫމާތު ހިމެނޭ ޕްރޮސްޕެކްޓަސް ފޮތް މިއަދު އާއްމުކޮށްފަ އެވެ. އެއީ ހިއްސާ ވިއްކަން ފަށަން ކުރަންޖެހޭ ފުރަތަމަ މަސައްކަތެެވެ.

ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ފުރަތަމަ ފަހަރަށް ހިއްސާ ވިއްކަން ހުޅުވާލައިފި
ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ފުރަތަމަ ފަހަރަށް ހިއްސާ ވިއްކަން ހުޅުވާލައިފި

މިދިޔަ ޖޫން މަހު ވަނީ ފުރަތަމަ ފަހަރަށް ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފަ އެވެ. އެއީ ސެންޗޫރިއަންގެ ޗެއާމަން އަހުމަދު މައުމޫންގެ ހިއްސާ އޮންނަ ސްޕެކްޓްރާ ޕަބްލިކް ލިމިޓެޑުންނެވެ. އެކަމަކު، އެ ކުންފުނިން ހިއްސާ ވިއްކަން އަދި ހުޅުވައިލައިފައެއް ނުވެ އެވެ. އެހެންވެ، ސެންޗޫރިއަން ވެފައި ވަނީ އާއްމުކޮށް ހިއްސާ ވިއްކަން ފެށި ރާއްޖޭގެ ފުރަތަމަ ކުންފުންޏަށެވެ.

ހިއްސާ ވިއްކަން ހުޅުވުމަށް ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ސެންޗޫރިއަންގެ ޗެއާމަން މައުމޫން ވިދާޅުވީ އެ ކުންފުނީގެ 49 ޕަސެންޓް (6،757،800) ހިއްސާ، 25 ރުފިޔާގެ މަގުން ވިއްކަން ނިންމާފައިވާ ކަމަށެވެ. ވަކިވަކި ފަރުދުންގެ އިތުރުން ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް ވެސް ހިއްސާ ގަނެވޭ ގޮތަށް ހުޅުވާލާފައި ވާއިރު، މަދުވެގެން ހަތަރު ހިއްސާ ގަންނަން ޖެހޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ޕްރޮސްޕެކްޓަސް އާއްމުކުރުމަށް ފަހު ހިއްސާ ވިއްކަން ފެށުމާ ދެމެދު 15 ދުވަސް ދޭން ޖެހޭތީ، ހިއްސާ ވިއްކާނީ އޮކްޓޯބަރު 20 އިން ޑިސެމްބަރު 13 އަށް ކަމަށް މައުމޫން ވިދާޅުވި އެވެ. ހުރިހާ ރަށެއްގައި އެ ކުންފުނީގެ ފޯކަލް ޕޮއިންޓުތައް ގާއިމްކޮށްފައިވާ ކަމަށާއި އެ ފަރާތްތައް މެދުވެރިކޮށް ޕްރޮސްޕެކްޓަސް ހޯދައި ހިއްސާ ގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސެންޗޫރިއަން އިން މުދާ އެތެރެކޮށް، ގުދަންކޮށްފައި ބަހައްޓައި ދިނުމާއި ރާއްޖޭގެ އެކި ހިސާބުތަކަށް އެ ތަކެތި ގެންގޮސްދިނުމާއި އެކަމާ ގުޅުން ހުރި ހުރިހާ ހިދުމަތެއް ދެ އެވެ. އަދި ރާއްޖޭން ބޭރުގެ ބޮޑެތި ޝިޕިން ލައިންތަކުގެ އެޖެންޓުކަން ކުރުމުގެ އިތުރަށް، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެއްޗާއި އެ ނޫން ވެސް މުދާ އެ ކަމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ދޯނިފަހަރުގައި ރިސޯޓުތަކަށް ގެންގޮސްދިނުމުގެ ހިދުމަތް ވެސް 2010 ގައި އުފެއްދި ސެންޗޫރިއަން އިން ދެ އެވެ.

ހިއްސާ ވިއްކަނީ، ސެންޗޫރިއަންގެ މެނޭޖިން ޑިރެކްޓަރު އައިމަން ޖަމީލް ވިދާޅުވި ގޮތުގައި، ޝިޕިން އަދި ލޮޖިސްޓިކްސްގެ ދާއިރާ އިތުރަށް ތަރައްގީކުރަން ބޭނުންވާ ވަސީލަތްތައް ހޯދުމަށެވެ. އެ ގޮތުން، ހިއްސާ ވިއްކައިގެން ހޯދަން އަމާޒުކުރާ 168،945،000 ރުފިޔާ އިން މުދާ އުފުލާ 10 ދޯންޏާއި ޓަގަކާއި ބާޖަކާއި ދެ އުފުއްޔާއި އާގުބޯޓެއް ގަތުމުގެ އިތުރަށް، ގުދަން ހަދައި ތަރައްގީކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރު ތަރައްގީވެފައި ނުވާއިރު ހިއްސާގެ ފައިދާ އާއްމުންނަށް ނުކުރާ ކަމަށް ނޫސްވެރިން ސުވާލު ދެންނެވުމުން މައުމޫން ވިދާޅުވީ ހިއްސާ ވިއްކާ ކުންފުނިތައް ކުރި ނާރަނީ އެކަކު ގިނަ އަދަދެއްގެ ހިއްސާ ކޮންޓްރޯލް ކުރާތީ ކަމަށެވެ. އެކަމަކު، އެއީ އެ ކުންފުނީގެ ނިޔަތެއް ނޫން ކަމަށާއި އެފަދަ ކަމެއް ނުހިނގާނެކަން ކަށަވަރު ކުރަން އެ ކުންފުނީގެ ބޯޑުގައި މިނިވަން މެމްބަރުން ތިއްބަވާ ގޮތަށް ވެސް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާޒީ ކިތަންމެ ދެރަކޮށް ދިޔަ ނަމަވެސް ކުރިއަށް ވިސްނަން ޖެހޭނީ. އެއްކަލަ 100 ރުފިޔާ އަށް ކުރެވޭނެ ވިޔަފާރިއެއް ނެތް. އެހެންވީމަ، އޭގައި އޮތް އެންމެ ރަނގަޅު މަގު ބަލައިގެން ދެއްތޯ އަޅުގަނޑުމެން ކަހަލަ ކުންފުނިތަކަށް ބާޒާރަށް ނުކުމެ ޝެއާ ވިއްކައިގެން ބާޒާރު ރަނގަޅު ކުރެވޭނީ،" މައުމޫން ވިދާޅުވި އެވެ.

ސެންޗޫރިއަން އިން ވަނީ ހިއްސާގެ ފައިދާ ބަހާނެ އުސޫލެއް ވެސް ކަނޑައަޅައިފަ އެވެ. އެ ގޮތުން، ކުންފުނީގެ ސާފު ފައިދާގެ 50 ޕަސެންޓް ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ބަހަން ވަނީ ނިންމައިފަ އެވެ. އަދި ހިއްސާއަކަށް ޖެހޭ މިންވަރު، ފަސް އަހަރުގެ ތެރޭގައި އެއް ވަރެއްގައި ހިފަހައްޓަން ވެސް ނިންމާފައިވެ އެވެ.

ހިއްސާގެ ބާޒާރުގައި ލިސްޓުކުރި ހަތް ވަނަ ކުންފުންޏަށް ސެންޗޫރިއަން ވީއިރު، އެ ބާޒާރުގައި ގިނައިން ލިސްޓުކޮށްފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބޭރުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނިތަކެވެ. އޭގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެމްޓީސީސީ އާއި އެސްޓީއޯ އާއި އެމްޓީޑީސީ އާއި ދިރާގު ފަދަ ކުންފުނިތައް ހިމެނެ އެވެ.