އަމީން އެވެނިއުގެ އެޕާޓްމަންޓްތަކަށް އަންނަ އަހަރު ވަދެވޭނެ، ބޮޑު ބައެއް ވަނީ ނިމިފައި
އަމީން އެވެނިއުގެ އެޕާޓްމަންޓްތަކަށް އަންނަ އަހަރު ވަދެވޭނެ، ބޮޑު ބައެއް ވަނީ ނިމިފައި

އަމީން ކޮންސްޓްރަކްޝަންސް އިން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 14 ބުރީގެ ތިން ޓަވަރުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށާއި އެޕާޓްމަންޓްތަކަށް އަންނަ އަހަރު ވަދެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަމީން އެވެނިއުގެ އެޕާޓްމަންޓްތަކަށް އަންނަ އަހަރު ވަދެވޭނެ، ބޮޑު ބައެއް ވަނީ ނިމިފައި
އަމީން އެވެނިއުގެ އެޕާޓްމަންޓްތަކަށް އަންނަ އަހަރު ވަދެވޭނެ، ބޮޑު ބައެއް ވަނީ ނިމިފައި

"އަމީން އެވެނިއު" ނަމުގައި ހުޅުމާލޭގައި މިހާތަނަށް ހަދަމުން އަންނަ އެންމެ އުސް ތިން ޓަވަރުގައި 279 އެޕާޓްމަންޓް ހުރެ އެވެ. މި ޓަވަރުތަކުގައި ބޭސިކް، ބޭސިކް ޕްލަސް، ލަގްޒަރީ އަދި ޕެންޓްހައުސްގެ އެޕާޓްމަންޓްތަކާއެކު ކޮންމެ ޓަވަރެއްގައި 93 އެޕާޓްމަންޓު ހުންނާނެ ކަމަށް އަމީން އިން ބުންޏެވެ.

އަމީން އެވެނިއުގެ އެޕާޓްމަންޓްތަކަށް އަންނަ އަހަރު ވަދެވޭނެ، ބޮޑު ބައެއް ވަނީ ނިމިފައި
އަމީން އެވެނިއުގެ އެޕާޓްމަންޓްތަކަށް އަންނަ އަހަރު ވަދެވޭނެ، ބޮޑު ބައެއް ވަނީ ނިމިފައި

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަމީން އެވެނިއުގެ ސޭލްސް ޓީމުގެ އާދަމް ނިޒްވީން މިއަދު ވިދާޅުވި ގޮތުގައި 420 ދުވަހުގެ މަސައްކަތުން ޓަވަރު އޭ އަދި ބީގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް ނިމި، ޓަވަރު ސީގެ 70 ޕަސަންޓް ކޮންކްރީޓް މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.

އަމީން އެވެނިއުގެ އެޕާޓްމަންޓްތަކަށް އަންނަ އަހަރު ވަދެވޭނެ، ބޮޑު ބައެއް ވަނީ ނިމިފައި
އަމީން އެވެނިއުގެ އެޕާޓްމަންޓްތަކަށް އަންނަ އަހަރު ވަދެވޭނެ، ބޮޑު ބައެއް ވަނީ ނިމިފައި

ނިޒްވީން ވިދާޅުވީ ޝެޑިއުލަށްވުރެ ހަލުވިކަމާއެކު ކުރިއަށްދާ މި މަޝްރޫއުގައި ހިމެނޭ ޓަވަރު އޭ އަދި ބީގެ މަސައްކަތްތައް ނިމި، ޖޫން އެކެއްގައި އެޕާޓްމަންޓްތައް ގަތް މީހުންނާ އެ ތަންތަން ހަވާލު ކުރާނެ ކަމަށެވެ.

އަމީން އެވެނިއުގެ އެޕާޓްމަންޓްތަކަށް އަންނަ އަހަރު ވަދެވޭނެ، ބޮޑު ބައެއް ވަނީ ނިމިފައި
އަމީން އެވެނިއުގެ އެޕާޓްމަންޓްތަކަށް އަންނަ އަހަރު ވަދެވޭނެ، ބޮޑު ބައެއް ވަނީ ނިމިފައި

- 279 އެޕާޓްމަންޓް، ކޮންމެ ޓަވަރެއްގައި 93 އެޕާޓްމަންޓް

- ބޭސިކް ކެޓަގަރީގައި 63 އެޕާޓްމަންޓް

- ބޭސިކް ޕްލަސް ކެޓަގަރީގައި 18 އެޕާޓްމަންޓް

- ލަގްޒަރީ ކެޓަގަރީގައި ހަ އެޕާޓްމަންޓް

- ޕެންޓްހައުސް ކެޓަގަރީގައި ހަ އެޕާޓްމަންޓް

ޓަވަރު އޭ އާއި ބީގައި މިހާރު ކުރަމުން އަންނަނީ ކަރަންޓު ވައިރު ކުރުމާއި ކުލަ ލުން ފަދަ ކުދިކުދި ކަންތައްތައް ކަމަށާއި ޓަވަރު ސީގެ މަސައްކަތް ނިންމާލައި އަންނަ އަހަރުގެ ޑިސެމްބަރުގައި ހަވާލު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް މި މަޝްރޫއަށް ހަރަދުވާ އަގެއް އެ ކުންފުނިން ނުބުނެ އެވެ.

ނިޒްވީން ވިދާޅުވީ ޓަވަރު ސީގެ އަށް ވަނަ ބުރިއާ ހަމައަށް ކޮންކްރީޓް މަސައްކަތް ނިމިފައިވާ ކަމަށާއި ޓަވަރު އޭ އާއި ބީން އެޕާޓްމަންޓްތައް ގަތް މީހުންނަށް އަންނަ ޑިސެމްބަރުގައި އެޕާޓްމަންޓް ދައްކާލާނެ ކަމަށެވެ.

"ޑިސެމްބަރުގައި މި ދައްކާލަނީ، އެ މީހުން ފަރުނީޗަރު ގަނެ، ތައްޔާރުވާން ވަގުތު ދިނުމުގެ ގޮތުން، ކުރިން ދައްކާލީމަ ހުރިހާ މީހުންނަށް ވެސް ތައްޔާރު ވެވޭނެ،" ޓަވަރު އޭގެ އެންމެ މަތީ ބުރީގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނިޒްވީން ވިދާޅުވި އެވެ.

އަމީން އެވެނިއުގެ ސޭލްސް ޓީމްގެ ފަރާތުން ޝިރާޒް މުސްތަފާ ވިދާޅުވީ އެޕާޓްމަންޓްތައް ގަންނަން ހުޅުވާލިތާ ގާތްގަނޑަކަށް ހަ މަސް ތެރޭގައި ހުރިހާ އެޕާޓްމަންޓްތަކެއް ވިކި ހުސްވެފައިވާ ކަމަށެވެ. ނަމަވެސް ފައިސާ ދަންކަން ކަނޑައަޅާފައިވާ ޓައިމްލައިނާ އެއްގޮތަށް ފައިސާ ނުދައްކައިގެން އަލުން ވިއްކާލަންޖެހޭ އެޕާޓްމެންޓްތައް ވިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަނީ ފައިސާ ނުދައްކާ އެޕާޓްމަންޓްތައް އަލުން މާކެޓަށް ނެރެމުން. އަޅުގަނޑުމެންގެ ބޭނުމަކީ އެންމެ ކުރިން ޝައުގުވެރިވާ ބަޔަކަށް ދޫކޮށްލުން،" ޝިރާޒް ވިދާޅުވި އެވެ.

- އެޕާޓްމަންޓްތަކުގެ ބޮޑުމިން: 940 އަކަފޫޓާއި 2000 އަކަފޫޓާ ދެމެދު

- އެޕާޓްމަންޓްތައް އުޅެނީ ދެ މިލިއަނާއި އަށް މިލިއަން ރުފިޔާއާ ދެމެދުގެ އަގެއްގައި

- ޝޮޕިން މޯލް އާއި ޕާކް ކުރެވޭނެ ޖާގަ ހުންނާނެ

- ބޭސިކް އަދި ބޭސިކް ޕްލަސްގައި ދެ ކޮޓަރި އާއި ތިން ކޮޓަރި ހުރީ

- ލަގްޒަރީ ކެޓަގަރީގައި ހަތަރު ކޮޓަރި ހުރޭ

- ޕެންޓްހައުސް ފަރުމާކުރީ ދެ ފްލޯއަށް، އެއީ ކޮންމެ ފްލޯއެއްގައި ދެ ކޮޓަރި

އަމީން ކޮންސްޓްރަކްޝަނުން ބުނި ގޮތުގައި އެންމެ ފުރަތަމަ އެޕާޓްމެންޓެއްގެ އަގުގެ 20 އިންސައްތަ ދައްކަން ޖެހޭއިރު، ބާކީ 80 ޕަސަންޓް ފައިސާ އެޗްޑީއެފްސީ މެދުވެރިކޮށް ދެއްކޭނެ އެވެ. ހަމައެއާއެކު އަމީން އިން ދޭ ޕޭމަންޓް ތާވަލާ އެއްގޮތަށް ފައިސާ ދެއްކުމުގެ އިހްތިޔާރު ވެސް އެބައޮތެވެ.