ކާވަހާލަށް އަނިޔާވުމުން ސްޕެއިނުން ބެލެރިން އަށް ފުރުސަތު ދެނީ
ކާވަހާލަށް އަނިޔާވުމުން ސްޕެއިނުން ބެލެރިން އަށް ފުރުސަތު ދެނީ

މެޑްރިޑް (މޭ 31) - ޗެމްޕިއަންސް ލީގު ފައިނަލުގައި ރެއާލް މެޑްރިޑްގެ ޑެނީ ކާވަހާލަށް އަނިޔާވުމުން އޭނާގެ ބަދަލުގައި ޔޫރޯ އަށްދާ ސްޕެއިން ޓީމުގެ ސްކޮޑުން އާސެނަލްގެ ހެކްޓަ ބެލެރިން އަށް ފުރުސަތުދޭން ނިންމާފައިވާ ކަމަށް ސްޕެއިނުގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ ބުނެފި އެވެ.

ކާވަހާލަށް އަނިޔާވުމުން ސްޕެއިނުން ބެލެރިން އަށް ފުރުސަތު ދެނީ
ކާވަހާލަށް އަނިޔާވުމުން ސްޕެއިނުން ބެލެރިން އަށް ފުރުސަތު ދެނީ

ހޮނިހިރު ދުވަހުގެރޭ ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލުގައި ކާވަހާލަށް އަނިޔާވުމުން އޭނާ ވަނީ ބަދަލުކޮށްފަ އެވެ. އޭނާގެ އުނަގަނޑަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވުމަށް މަދުވެގެން ތިން ހަފްތާ ނަގާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އުމުރުން 21 އަހަރުގެ ބެލެރިން އަކީ ފާއިތުވި ދެ ސީޒަނުގައި އާސެނަލަށް ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔެކެވެ. ޔޫރޯ އަށް ތައްޔާރުވުމަށް ރޭ ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗު އެއްކޮށް ބެލެރިން ކުޅުނެވެ. މިއީ އޭނާ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.

"އަބަދުވެސް ދެެކެމުން އައި ހުވަފެނެއް ގައުމީ ޓީމަށް ޔޫރޯ އާއި ބޮޑެތި މުބާރާތްތަކުގައި ކުޅުމަކީ. އަހަރެން ކުރިން ރާވައިގެން ހުރީ ލޯބިވެރިޔާއާ އެކު ޗުއްޓީއެއް ހޭދަކޮށްލަން. ޔޫރޯ ސްކޮޑުން ޖާގަ ލިބޭނެ ކަމަށް ކުރިން އުއްމީދު ނުކުރަން،" ބެލެރިން ބުނެފި އެވެ.

ބެލެރިން ހޯދުމަށް ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ އިން ވަނީ މަސައްކަތް ފަށައިފަ އެވެ. ޑެނީ އަލްވޭސް ކްލަބް ދޫކޮށްލާތީ ބާސެލޯނާ އިން އެ މަގާމު ފޫބައްދަން ބޭނުންވަނީ ބެލެރިން އެވެ.