"ފިރިހެން ބެލެނިވެރިއެއްގެ ނިޒާމް" ނިމުމަކަށް ގެންނަން ސައުދީ އަންހެނުން މަސައްކަތް ކުރަނީ
"ފިރިހެން ބެލެނިވެރިއެއްގެ ނިޒާމް" ނިމުމަކަށް ގެންނަން ސައުދީ އަންހެނުން މަސައްކަތް ކުރަނީ

ރިޔާޒް (ސެޕްޓެމްބަރު 27) - ކައިވެނި ހެޔޮނުވާ ވަރުގެ ފެރިހެން ބެލެނިވެރިއަކާ އެކު ނޫނީ ސައުދީ އަރަބިއާގެ އަންހެނުންނަށް ބައެއް ކަންކަން ނުކުރެވޭ ގޮތަށް އޮންނަ ނިޒާމު ނިމުމަކަށް ގެންނަން އެ ގައުމުގެ 14،000 އަންހެނުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ސަރުކާރަށް ހުށަހަޅައިފި އެވެ.

"ފިރިހެން ބެލެނިވެރިއެއްގެ ނިޒާމް" ނިމުމަކަށް ގެންނަން ސައުދީ އަންހެނުން މަސައްކަތް ކުރަނީ
"ފިރިހެން ބެލެނިވެރިއެއްގެ ނިޒާމް" ނިމުމަކަށް ގެންނަން ސައުދީ އަންހެނުން މަސައްކަތް ކުރަނީ

ސައުދީ އަންހެނުންނަށް ދަތުރު ކުރެވެނީ މަހުރަމަކާ އެކު އެވެ. އަދި މަސައްކަތަށް ދިއުމާއި ކިޔެވުމަށް ވެސް ފިރިހެން ބެލެނިވެރިންގެ ހުއްދަ ހޯދަން ޖެހެ އެވެ. މި ނިޒާމު ނިމުމަކަށް ގެންނަން ސައުދީ އަންހެނުން ވަނީ އޮންލައިން ކެމްޕޭނެއް ވެސް ފަށައިފަ އެވެ.

"ފިރިހެން ބެލެނިވެރިއެއްގެ ނިޒާމް" ނިމުމަކަށް ގެންނަން ސައުދީ އަންހެނުން މަސައްކަތް ކުރަނީ
"ފިރިހެން ބެލެނިވެރިއެއްގެ ނިޒާމް" ނިމުމަކަށް ގެންނަން ސައުދީ އަންހެނުން މަސައްކަތް ކުރަނީ

ކެމްޕޭނުގައި އިސްކޮށް އުޅޭ އެކްޓިވިސްޓެއް ކަމަށްވާ އަޒީޒާ އަލް ޔޫސުފް ބީބީސީ އަށް ބުނީ ކެމްޕޭނާ މެދު ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށެވެ.

ސައުދީގައި ކައިވެނި ނުކޮށް ތިބޭ އަންހެނުންނަށް ޕާސްޕޯޓް ދޫކުރާ އިރު އާއި ގައުމުން ބޭރަށް ދަތުރު ކުރާ އިރު ބައްޕަ، ބޭބެ ނުވަތަ ތިމާގެ ފިރިހެނެއްގެ ހުއްދަ ބޭނުންވެ އެވެ. ބައެއް އޮފީސްތަކާއި ޔުނިވާސިޓީތަކަށް އަންހެނުން ކުދިން ވަންނަ އިރު ވެސް ފިރިހެން ބެލެނިވެރިއެއްގެ ހުއްދަ ބޭނުންވެ އެވެ.

ސައުދީ އަންހެނުންގެ ހައްގުތަކާ ގުޅޭ ގޮތުން ހިއުމަން ރައިޓްސް ވޮޗުން ނެރުނު ރިޕޯޓާ ގުޅިގެން ޖުލައި މަހު ވަނީ "ސައުދީ އަންހެނުންގެ ފިރިހެން ބެލެނިވެރިޔާގެ ނިޒާމު ނިމުމަކަށް ގެންނަން" ބޭނުންވާ ކަމަށް ބުނެ ޓްވިޓާގައި އަރަބި ހޭޝްޓެގެއް ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ. އަނެއްކޮޅުން މި ކެމްޕޭނާ ދެކޮޅު ފަރާތްތަކުން ވެސް ވަނީ "ބެލެނިވެރިއަކު ހުންނަން ޖެހޭނީ އަންހެނާގެ ރައްކާތެރި ކަމަށް" ކަމަށް ބުނެ އަރަބި ހޭޝްޓެގެއް ދައުރު ކުރަން ފަށައިފަ އެވެ.

އަޒީޒާ އަލް ޔޫސުފް ވަނީ ސައުދީގައި އަންހެނުން ކާރު ދުއްވުން މަނާކޮށްފައި އޮތް އޮތުމާ ދެކޮޅަށް 2013 ވަނަ އަހަރު ކާރު ދުއްވައިފަ އެވެ. އޭނާ ބުނީ ޕެޓީޝަނާ ގުޅިގެން އޭނާ ދެރަނުވާ ކަމަށާއި އެކަމުގެ ސަބަބުން ނޭދެވޭ ނަތީޖާއެއް ނުކުންނާނެ ކަމަށް އުއްމީދު ނުކުރާ ކަމަށެވެ. އަޒީޒާ އާއި އެހެން އެކްޓިވިސްޓަކު މި ޕެޓިޝަނަށް ވަނީ ރޯޔަލް ކޯޓަށް ހޯމަ ދުވަހު ހުށަހަޅައިފަ އެވެ. ނަމަވެސް އެ މީހުންނަށް ފަހުން ވަނީ މެއިލް އިން ޕެޓިޝަން ފޮނުވަން އަންގައިފަ އެވެ.

ޕެޓިޝަނާ ގުޅިގެން ސައުދީގެ އެއްވެސް އިދާރާއަކުން ރަސްމީ ކޮމެންޓެއް ދީފައެއް ނުވެ އެވެ.