ތާރުއަޅާ ނިމުމުން ބޮޑުތަކުރުފާނު މަގު އާއްމުންނަށް ހުޅުވާލާނެ: މިނިސްޓްރީ
ތާރުއަޅާ ނިމުމުން ބޮޑުތަކުރުފާނު މަގު އާއްމުންނަށް ހުޅުވާލާނެ: މިނިސްޓްރީ

ތާރުއަޅާ ނިމުމުން ބޮޑުތަކުރުފާނު މަގު އާއްމުންނަށް ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ތާރުއަޅާ ނިމުމުން ބޮޑުތަކުރުފާނު މަގު އާއްމުންނަށް ހުޅުވާލާނެ: މިނިސްޓްރީ
ތާރުއަޅާ ނިމުމުން ބޮޑުތަކުރުފާނު މަގު އާއްމުންނަށް ހުޅުވާލާނެ: މިނިސްޓްރީ

މާލޭ އިންޑަސްޓްރިއަލް ވިލެޖްގެ މައި މަގުގެ ގޮތުގައި ބޭނުންކުރަން ބޮޑުތަކުރުފާނު މަގުގެ ވަކި ސަރަހައްދެއްގައި ތާރުއަޅަން މިހާރު އޮތީ ބަންދުކޮށްފަ އެވެ. ބައެއް މީހުން ހީކުރަނީ ކުރިއަށް އޮތް ތަނުގައި މި މަގު ބޭނުންކުރާނީ އިންޑަސްޓްރިއަލް ވިލެޖްގެ ބޭނުންތަކަށް އެކަނި ކަމަށެވެ.

އެކަމަކު ހައުސިން މިނިސްޓްރީގެ ތަރުޖަމާން އަހްމަދު ފަޒާލް ވިދާޅުވީ މަގުގެ މަސައްކަތް ނިމުމާ އެކު މާލެ ވަށައި ދުއްވޭގޮތަށް، އެ މަގު ހުޅުވާލާނެ ކަމަށެވެ. އަންނަ މަސް ނިމެންވާއިރަށް މަގުގައި ތާރުއަޅައި ނިންމާލެވޭނެ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން ލަފާކުރާ ކަމަށް ފަޒާލް ވިދާޅުވި އެވެ.

"އޭރުން ކުރިއެކޭ އެއްގޮތަށް އެ މަގު އާއްމުންނަށް ހުޅުވާލާނެ،" ފަޒާލް ވިދާޅުވި އެވެ.

މާލޭ އިންޑަސްޓްރިއަލް ވިލެޖަށް އެ ސަރަހައްދުން ބޮޑު ބައެއް ހިއްކާފައިވާއިރު، އެތަނަށް ވަދެވޭނީ ކުނި އުފުލާ ވެހިކަލްތަކަށް އެކަންޏެވެ.

"އާއްމުންނަށް ނުދުއްވޭނެ ހިއްކާފައިވާ ސަރަހައްދުން، އެތަނަށް ހުއްދަ ދޫކުރެވޭނީ ހަމައެކަނި ކުނި އުފުލާ ވެހިކަލްތަކަށް،" ފަޒާލް ވިދާޅުވި އެވެ.

ބޮޑު ތަރުކުރުފާނު މަގުގެ ވަކި ސަރަހައްދެއްގައި ތާރުއެޅިއިރު، އެ މަގު ވަށައިގެން ތާރުއަޅަން ވަނީ ނިންމައިފަ އެވެ. އެ މަސައްކަތް އަދި ބަޔަކާ ހަވާލުނުކުރި ނަމަވެސް މި އަހަރު ތެރޭގައި މަސައްކަތް ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މާލޭގެ ގުދަންތަކާއި ވޯކްޝޮޕްތައް ބަދަލުކުރަން ހަދާ އިންޑަސްޓްރިއަލް ވިލެޖުން 4.5 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. ސަރުކާރުން 170 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރާ މަޝްރޫއު ޖުލައި މަހުގެ 26 އަށް ހުޅުވަން ނިންމާފައި އޮތް ނަމަވެސް އެ މުއްދަތަކަށް މަސައްކަތް ނުނިމުނީ އެމްޓީސީސީ އަށް ދިމާވި ދަތިތަކަކާ ގުޅިގެން ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އިންޑަސްޓްރިއަލް ވިލެޖް ނިމުމުން، މާލެ ތެރޭގައި ކުރާ ސިނާއީ ބައެއް މަސައްކަތްތައް އެ ސަރަހައްދަށް ބަދަލުކުރާނެ އެވެ. އޭރުން މާލެ އަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.