100 މިލިއަން މީހުން ކުރިމަތީ ހިލަރީ އާއި ޓްރަމްޕް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި
100 މިލިއަން މީހުން ކުރިމަތީ ހިލަރީ އާއި ޓްރަމްޕް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި

ނިއު ޔޯކް (ސެޕްޓެމްބަރު 27) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ފުރަތަމަ ރިޔާސީ ބަހުސްގައި ވަޒީފާ އާއި ޓެރަރިޒަމާއި ނަސްލީ ތަފާތުކުރުން ފަދަ ބޮޑެތި މައްސަލަތަކުގައި ޓީވީން ވަގުތުން ބަލަމުންދިޔަ 100 މިލިއަން މީހުން ކުރިމަތީ ހިލަރީ ކްލިންޓަނާއި ޑޮނަލްޑް ޓްރަމްޕް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

100 މިލިއަން މީހުން ކުރިމަތީ ހިލަރީ އާއި ޓްރަމްޕް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި
100 މިލިއަން މީހުން ކުރިމަތީ ހިލަރީ އާއި ޓްރަމްޕް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި

ބަހުސުގެ ތެރޭގައި އެއްބޭފުޅަކު އަނެއް ބޭފުޅަކު ވަނީ ޒާތީ މައްސަލަތަކަށް ވެސް ހަމަލާތައް ރައްދުކުރައްވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ ވާދަވެރި ކެންޑިޑޭޓް ހިލަރީ ކްލިންޓަނުގެ ކިބައިގައި ރައީސެއްގެ ސަޚުސިއްޔަތު ނެތް ކަމަށެވެ. ރައްދުގައި ހިލަރީ ވަނީ ނިއު ޔޯކުގެ ބިލިއަނަރު ޓެކްސްގެ ހިސާބުތައް އާއްމުކުރަން ދެކޮޅު ހަދާކަން ފާހަގަ ކުރައްވައިފަ އެވެ.

100 މިލިއަން މީހުން ކުރިމަތީ ހިލަރީ އާއި ޓްރަމްޕް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި
100 މިލިއަން މީހުން ކުރިމަތީ ހިލަރީ އާއި ޓްރަމްޕް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި

"މި ބަހުސް ނިމިގެންދާއިރު ހިނގި ހުރިހާ ގޯސް ކަމެއްގެ ޒިންމާ އަޅުގަނޑު އުފުލަން ޖެހޭނެ ކަމުގެ އިހްސާސް މިހާރު އެބަކުރެވޭ،" ޓްރަމްޕުގެ ބަހުގެ ހަމަލާއަކަށް ރައްދު ދެއްވަމުން ހިލަރީ ވިދާޅުވި އެވެ.

100 މިލިއަން މީހުން ކުރިމަތީ ހިލަރީ އާއި ޓްރަމްޕް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި
100 މިލިއަން މީހުން ކުރިމަތީ ހިލަރީ އާއި ޓްރަމްޕް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި

"ޒިންމާ އުފުލަން ނުޖެހެންވީ ކީއްވެ،" ހިލަރީގެ ވާހަކަ އަށް ހުރަސް އަޅުއްވާ ޓްރަމްޕް ވިދާޅުވި އެވެ.

100 މިލިއަން މީހުން ކުރިމަތީ ހިލަރީ އާއި ޓްރަމްޕް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި
100 މިލިއަން މީހުން ކުރިމަތީ ހިލަރީ އާއި ޓްރަމްޕް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި

ޓްރަމްޕަށް ވަނީ ބަހުސް މޮޑަރޭޓް ކުރެއްވި އެންބީސީގެ ޕްރެޒެންޓަރު ލެސްޓާ ހޯލްޓުގެ ސުވާލުތަކަށް ވެސް ޖަވާބު ދެއްވަން ޖެހިވަޑައިގެންފަ އެވެ. ޓެކްސްއާ ބެހޭ މައުލޫމާތު ހާމަނުކުރައްވާ މައްސަލާގައި ހޯލްޓާ ކުރެއްވި ސުވާލުގައި ޓްރަމްޕް ވިދާޅުވީ އޭނާ މިހާރު އުޅުއްވަނީ ހިސާބުތައް އޮޑިޓް ކުރެއްވުމުގެ މަސައްކަތުގައި ކަމަށާއި އެކަން ނިމުމުން ހިސާބުތައް އާއްމު ކުރައްވާނެ ކަމަށެވެ. އެކަމަކު ނިއު ޔޯކުގެ ބިލިއަނަރު ވިދާޅުވީ ޓެކްސް ހިސާބުތައް އާއްމު ކުރައްވާނީ އިދިކޮޅު ކެންޑިޑޭޓް ޑިލީޓް ކުރެއްވި 33،000 އީމެއިލް އާއްމު ކުރެއްވުމުން ކަމަށެވެ. ޓްރަމްޕް އިޝާރާތް ކުރައްވާފައި ވަނީ ޚާރިޖީ ވަޒީރުކަމުގައި ހިލަރީ ހުންނެވި އިރު އަމިއްލަ އީމެއިލް ބޭނުންކޮށްގެން މުއާމަލާތް ކުރެއްވި މައްސަލައިގެ ތަހުގީގަށެވެ.

ޓްރަމްޕުގެ ތުހުމަތަށް ވަގުތުން ރައްދު ދެއްވާ ހިލަރީ ވަނީ އީމެއިލް މައްސަލައިގައި ރެކެން އެކަމަނާ މަސައްކަތް ނުކުރައްވާ ކަމަށާއި އެކަމުގެ ހުރިހާ ޒިންމާއެއް އަމިއްލަފުޅަށް ނަންގަވާ ކަމަށް ވިދާޅުވެފަ އެވެ.

- މުޅި ހަޔާތުގައި ތިޔަ ގެންދަވަނީ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ހަނގުރާމަ ކުރަމުން: ހިލަރީ އަށް އިޝާރާތް ކުރައްވާ ޓްރަމްޕް ވިދާޅުވި

- ރައީސްކަން ކުރެއްވޭ ވަރަށް ހިތްވަރު ނެތް ކަމަށް ޓްރަމްޕް ވިދާޅުވުމުން ރައްދުގައި ހިލަރީ ވަނީ އެކަމަނާގެ ޚާރިޖީ ވަޒީރުކަމުގައި 112 ގައުމަށް ވަޑައިގެންނެވި ކަމަށް ވިދާޅުވެފައި.

- ބަޑީގެ ހަމަލާތަކުގެ ނުރައްކަލުގައި އެފްރިކަން އެމެރިކާ މީހުން ދިރިއުޅެން ޖެހިފައި ވަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ޓްރަމްޕް ވިދާޅުވި.

- ޖިނާއީ އަދުލުގެ އިސްލާހުކޮށްފައިވާ ނިޒާމެއް ގެންނަވާނެ ކަމަށް ހިލަރީ ވިދާޅުވި.

- އައިއެސް އާއި އީރާނާމެދު ހިލަރީ މަޑުމައިތިރި ސިޔާސަތެއް ގެންގުޅުއްވާތީ ޓްރަމްޕް ވަނީ ފާޑުވިދާޅުވެފައި.

ބަހުސްގައި ވާހަކަ ދެކެވުނު އެއް މައުޟޫއަކީ ރައީސް ބަރަކް އޮބާމާއަކީ އެމެރިކާ އިން ބޭރުގައި އުފަންވެ ވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ޓްރަމްޕް ކުރިންސުރެ ކުރައްވަމުން ގެންދެވި ތުހުމަތު އަނބުރާ ގެންދެވި މައްސަލަ އެވެ. ޓްރަމްޕުގެ ނިންމުން ބަދަލު ކުރެއްވުމާ ގުޅޭ ގޮތުން މޮޑަރޭޓަރު ސުވާލު ކުރެއްވުމުން ޓްރަމްޕް ވިދާޅުވީ އޭނާ ބޭނުން ވަނީ ބޮޑެތި މުހިންމު މައްސަލަތަކަށް ސަމާލުކަން ދެއްވަން ކަމަށެވެ.

"ޓަރްމްޕަކީ ނަސްލީ ތަފާތު ކުރުމުގެ ރެކޯޑެއް އޮތް ބޭފުޅެއް،" ޓްރަމްޕަށް ރައްދު ދެއްވަމުން ހިލަރީ ވިދާޅުވި އެވެ.

ރަޝިޔާގެ ރައީސް ލަޑިިމިއާ ޕުޓިން އަށް ޓްރަމްޕް ތައުރީފް ކުރައްވާ މައްސަލާގައި ހިލަރީ ވިދާޅުވީ އެމެރިކާ މީހުންގެ އީމެއިލްތައް ހެކް ކުރުމަށް ޕުޓިން އަށް ޓްރަމްޕް ދައުވަތު ދެއްވުމުން އެކަމަނާ ހައިރާންވެވަޑައިގެންނެވި ކަމަށެވެ.

"މިއީ ގަބޫލް ކުރެވޭނެ ކަމެއް ނޫން. އެހެންވެ އަޅުގަނޑު މި ދަންނަވަނީ ޑޮނަލްޑް އަކީ ގައުމެއްގެ ކޮމާންޑަ އިން ޗީފްގެ މަގާމަށް އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށް،" ހިލަރީ ވިދާޅުވި އެވެ.

ނޮވެމްބަރު 8 ވަނަ ދުވަހު އިންތިޚާބު ބޭއްވުމުގެ ކުރިން ދެ ކެންޑިޑޭޓުންގެ އިތުރު ދެ ބަހުސް އަދި ބާއްވާނެ އެވެ.