ގާހުދުވުމުގެ ސަބަބުން ގްރޭޓް ބެރިއާ ރީފްގެ 35 ޕަސަންޓް މަރުވެއްޖެ
ގާހުދުވުމުގެ ސަބަބުން ގްރޭޓް ބެރިއާ ރީފްގެ 35 ޕަސަންޓް މަރުވެއްޖެ

ސިޑްނީ (މެއި 30) - ގާހުދުވުމުގެ ސަބަބުން އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފްގެ 35 ޕަސަންޓް މަރުވެފައިވާ ކަމަށް އެ ގައުމުގެ ސައިންސްވެރިން ބުނެފި އެވެ.

ގާހުދުވުމުގެ ސަބަބުން ގްރޭޓް ބެރިއާ ރީފްގެ 35 ޕަސަންޓް މަރުވެއްޖެ
ގާހުދުވުމުގެ ސަބަބުން ގްރޭޓް ބެރިއާ ރީފްގެ 35 ޕަސަންޓް މަރުވެއްޖެ

އޮސްޓްރޭލިއާގެ މަޝްހޫރު ޖޭމްސް ކުކް ޔުނިވާސިޓީގެ ތަޖުރުބާކާރުން ބުނި ގޮތުގައި މި ދިރާސާ އިން ހާމަވެފައިވާ ގޮތުގައި، ހިމާޔަތް ކޮށްފައިވާ އެ ފަރުގައި މިހާތަނަށް ފާހަގަ ކުރެވިފައިނުވާ ދަރަޖަ އަށް ގާހުދުވުމުގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ.

ގާހުދުވުމުގެ ސަބަބުން ގްރޭޓް ބެރިއާ ރީފްގެ 35 ޕަސަންޓް މަރުވެއްޖެ
ގާހުދުވުމުގެ ސަބަބުން ގްރޭޓް ބެރިއާ ރީފްގެ 35 ޕަސަންޓް މަރުވެއްޖެ

ގާހުދުވުމުގެ މައްސަލަ ކުރިމަތިވަނީ، ކަނޑުގެ ހޫނުމިން މައްޗަށް ގޮސް، މުރަކަތަކަށް ކުލަ ގެނުވާ އަލްގީ މަރުވުމުގެ ސަބަބުންނެވެ. ތަޖުރިބާކާރުން މިކަން ގުޅުވާފައިވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ އެވެ.

"ޕަޕުއާ ނިއު ގިނީ އާއި ޓައުންސްވިލްއާ ދެމެދުގައިވާ ގްރޭޓް ބެރިއާ ރީފްގެ މެދު އަދި ދެކުނު ސަރަހައްދުތަކުގެ އެވްރެޖްކޮށް 35 ޕަސަންޓް ވަނީ ހަލާކުވެ ނޫނީ މިހާރު ދަނީ ހަލާކުވަމުން،" ޖޭސީޔޫ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

"ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން، ފާއިތުވި 18 އަހަރުގެ ތެރޭގައި މިހާ ބޮޑު ބަޔަކަށް ގާހުދުވުމުގެ މައްސަލަ ކުރިމަތިވެފައިވާކަން ފާހަގަ ކުރެވުނު މިއީ ތިން ވަނަ ފަހަރު. އެކަމަކު މި މައްސަލަ އިންތިހާ އަށް އިތުރުވެފައިވާކަން ވެސް ވަނީ ފާހަގަ ކުރެވިފައި،" އެ ބަޔާނުގައިވެ އެވެ.

ހަލާކުވެފައިވާ މުރަކަތަކަށް އަލުން ދިރުން އަންނަން 10 ވަރަކަށް އަހަރު ނަގާނެ ކަމަށް ވެސް ސައިންސްވެރިން ވަނީ ބުނެފަ އެވެ.