20 އޮކްޓޯބަރ 2019 - 16:15

ސަރުކާރުން އަލަށް އުފެއްދި ދެ ކުންފުނި ކަމަށްވާ އާރުޑީސީ އާއި ޓްރޭޑް ނެޓް މޯލްޑިވްސްގެ ބޯޑަށް މެމްބަރުން އައްޔަންކޮށްފި އެވެ.
ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ނަމުގައި ޖޫން 9 ގައި އުފެއްދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް މޫސާ އަލި މަނިކް (މޫކޭ) ވަނީ މި މަހުގެ 10 ވަނަ ދުވަހު އައްޔަންކޮށްފަ އެވެ. އަދި އެ ކުންފުނީގެ ޗެއާމަނެއް އައްޔަނެއް ނުކުރެ އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ވަނީ އެ ކުންފުންޏަށް ތިން ޑިރެކްޓަރުން މިއަދު އައްޔަންކޮށްފަ އެވެ.
މޫސާ އަލި މަނިކް - މެނޭޖިން ޑިރެކްޓަރު
އަހުމަދު ޝަރީފް - ޑިރެކްޓަރު
އަހުމަދު މަރުޒޫގް - ޑިރެކްޓަރު
ޝަމްވީލް މުހައްމަދު - ޑިރެކްޓަރު
މި ކުންފުންޏަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ މަގުތައް ހަދައި މަގުތަކުގެ ހާލަތު ބެލެހެއްޓުމަށް އުފެއްދި ކުުންފުންޏެކެވެ. މި ކުންފުންޏަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ.
ޓްރޭޑްނެޓް މޯލްޑިވްސް އަށް ވެސް ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ ބޯޑު މެމްބަރުން އައްޔަންކޮށްފަ އެވެ. އެގޮތުން އެ ކުންފުންޏަށް ޗެއާމަނާއި މެނޭޖިން ޑިރެކްޓަރުގެ އިތުރުން ހަތަރު ޑިރެކްޓަރުން ވަނީ މިއަދު އައްޔަންކޮށްފަ އެވެ. އިތުރު އެއް ޑިރެކްޓަރަކު މި ކުުންފުނީގެ ބޯޑަށް އައްޔަން ކުރާނެކަން ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ ބުނެފަ އެވެ.
ޔޫސުފް ރިޒާ - ޗެއާމަން
އަހުމަދު ޝިހާމް އަލީ - މެނޭޖިން ޑިރެކްޓަރު
ނާހިޔާ މުހައްމަދު - ޑިރެކްޓަރު
ޝުރުފާ އަބްދުލް ވާހިދު - ޑިރެކްޓަރު
މަހުމޫދު ރިޔާޒު - ޑިރެކްޓަރު
މަރިޔަމް ވިޝާމާ އަހުމަދު - ޑިރެކްޓަރު
މި ކުންފުންޏަކީ ވެސް ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ. ވިޔަފާރިއާ ގުޅޭ ހުރިހާ މުއާމަލާތެއް އެއް ފުރާޅެއްގެ ދަށަށް ބަދަލުކުރުމަށް މި ކުންފުނި އުފެއްދީ މިދިޔަ ހަފުތާ ތެރޭގަ އެވެ.