ޓެރަރިޒަމަށް ޚަރަދުކުރާ ގައުމުތަކުގެ ލިސްޓުން ޕާކިސްތާން އުނިވެއްޖެ
ޓެރަރިޒަމަށް ޚަރަދުކުރާ ގައުމުތަކުގެ ލިސްޓުން ޕާކިސްތާން އުނިވެއްޖެ

އިސްލާމްއާބާދު (އޮކްޓޯބަރު 20) - މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ބްލެކްލިސްޓުން ފާކިސްތާން ސަލާމަތްވެއްޖެ އެވެ.

ޕެރިހުގައި ހުންނަ ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް (އެފްއޭޓީއެފް) އިން ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން ޕާކިސްތާނުން އެކްޝަން ޕްލޭން ފުރިހަމަ ކުރުމަށް އެދިފަ އެވެ. ނޫން ނަމަ އެ ގައުމު އަނެއްކާވެސް ބްލެކްލިސްޓަށް ވެއްޓިދާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

އެފްއޭޓީއެފްގެ ރައީސް ޝިއާންގްމިން ލިއު ވިދާޅުވީ ޕާކިސްތާނުން ފުރިހަމަ ކުރަން ޖެހޭ އެކްޝަން ޕްލޭނުގެ 27 ކަންތަކުގެ ތެރޭން މިހާތަނަށް އަމަލުކޮށްފައި ވަނީ އެންމެ ފަސް ކަންތަކަށް ކަމަށެވެ.

ލިއު ވިދާޅުވީ ޕާކިސްތާނުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށާއި އެ ގައުމުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

އެފްއޭޓީއެފްގެ ގްރޭ ލިސްޓުގައި ޕާކިސްތާން ބޭއްވުމުގެ މާނައަކީ އެ ގައުމުގެ ބޭންކިން ސިސްޓަމާ ދެކޮޅަށް އަޅައިފާނެ ފިޔަވަޅަކުން ސަލާމަތްވުމެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފައި ވަނީ ބްލެކްލިސްޓަށް ޕާކިސްތާން ވެއްޓިއްޖެ ނަމަ، މެއި މަހު ދޭން އެއްބަސްވި ހަ ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖް ފްރީޒް ކުރާނެ ކަމަށެވެ.