އަމީނިއްޔާގެ ހާއްސަ ޕެރޭޑް: އަނެއްކާވެސް އާ ހަނދާނަކަށް

އަމީނިއްޔާ ސްކޫލުގެ ކެޕްޓަންގެ ސޭޝް، މީގެ 26 އަހަރު ކުރިން، އައިމިނަތު އައްޒަ ފޮރުވީ ފޮނި ހަނދާންތަކާ އެކުގަ އެވެ. އޭނާ އެ ސޭޝް އަލުން ބޭނުންކުރީ މިދިއަ ހޮނިހިރުދުވަހު ހުޅުމާލޭގައި އޮތް އަމީނިއްޔާގެ އަލިމަސް ޔޫބީލްގެ ހާއްސަ ހިނގާލުމުގަ އެވެ.

އަމީނިއްޔާގެ ހާއްސަ ޕެރޭޑް: އަނެއްކާވެސް އާ ހަނދާނަކަށް
އަމީނިއްޔާގެ ހާއްސަ ޕެރޭޑް: އަނެއްކާވެސް އާ ހަނދާނަކަށް

އަމީނިއްޔާގެ ލީޑިން ޓީޗަރެއްގެ ގޮތުން މަސައްކަތް ކުރަމުން އަންނަ އައްޒައަކީ އޭނާގެ ތައުލީމީ ދުވަސްވަރު އަމީނިއްޔާގެ މަޝްހޫރު ތަރިއެކެވެ. ކެޕްޓަންގެ ހައިސިއްޔަތުން ސްކޫލްގެ އިތުރު ހަރަކާތްތަކުގައި އޭނާގެ ދައުރު ބޮޑެވެ. އޭރު މާލޭގެ ގިނަ ބައެއްގެ ސަމާލުކަން ލިިބުނު އަމީނިއްޔާގެ ބޭންޑާއި މާޗުކުރުމުގައި އޭނާ ހުންނަނީ، ސޭޝް އަޅައިގެން، އެންމެ ކުރީގަ އެވެ.

އަމީނިއްޔާގެ ހާއްސަ ޕެރޭޑް: އަނެއްކާވެސް އާ ހަނދާނަކަށް
އަމީނިއްޔާގެ ހާއްސަ ޕެރޭޑް: އަނެއްކާވެސް އާ ހަނދާނަކަށް

"އަބަދުވެސް ވަރަށް ފަހުރުވެރިވޭ އަމީނިއްޔާގެ ކަމެއްގައި މިގޮތަށް ނުކުންނަން. އަނެއްކާ 26 އަހަރަށް ފަހު ސޭޝް އަޅައިގެން ބޭންޑުގެ އެންމެ ކުރީގައި ހިނގާލަން ލިބުމަކީ ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް،" އަލިމަސް ޔޫބީލްގެ ހަރަކާތްތައް މި އަހަރަށް ނިންމާލުމުގެ ގޮތުން ބޭއްވި ބޮޑު ޕެރޭޑަށް ފަހު، އަމީނިއްޔާގެ 1992ގެ ކެޕްޓަން، ބުންޏެވެ.

އަމީނިއްޔާގެ ހާއްސަ ޕެރޭޑް: އަނެއްކާވެސް އާ ހަނދާނަކަށް
އަމީނިއްޔާގެ ހާއްސަ ޕެރޭޑް: އަނެއްކާވެސް އާ ހަނދާނަކަށް

"ސްކޫލުގެ ފޮނި ހަނދާތައް [މި ހިނގާލުމާ އެކު] އާވެގެން ދިޔައީ."

އަމީނިއްޔާގެ ހާއްސަ ޕެރޭޑް: އަނެއްކާވެސް އާ ހަނދާނަކަށް
އަމީނިއްޔާގެ ހާއްސަ ޕެރޭޑް: އަނެއްކާވެސް އާ ހަނދާނަކަށް

މިއީ އަމީނިއްޔާ ސްކޫލުގެ އަލިމަސް ޔޫބީލާ ގުޅިގެން ބޭއްވި އެންމެ ހާއްސަ ހަރަކާތެވެ. މިހާރުގެ ދަރިވަރުންނާ އެކު ސްކޫލުގެ ކުރީގެ ބޭންޑް މެމްބަރުން ވެސް ތިބީ ބޭންޑާ އެކު އޭރު އެޅި ޔުނީފޯމުގަ އެވެ. އައްޒައާ އެއްގޮތަށް މިއީ އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދިން ހަރަކާތެކެވެ.

އަމީނިއްޔާގެ ހާއްސަ ޕެރޭޑް: އަނެއްކާވެސް އާ ހަނދާނަކަށް
އަމީނިއްޔާގެ ހާއްސަ ޕެރޭޑް: އަނެއްކާވެސް އާ ހަނދާނަކަށް

"މިހާރުގެ ދަރިވަރުންނާ ވެސް ތަފާތެއް ނެތި ފައި ހަމަކޮށްލެވޭ،" އައްޒަ ބުނެލި އެވެ.

އަމީނިއްޔާގެ ހާއްސަ ޕެރޭޑް: އަނެއްކާވެސް އާ ހަނދާނަކަށް
އަމީނިއްޔާގެ ހާއްސަ ޕެރޭޑް: އަނެއްކާވެސް އާ ހަނދާނަކަށް

ހުޅުމާލޭ ހުރަވީ ސްކޫލުން ފަށައިގެން ބައެއް ބޮޑެތި މަގުތަކުން ގޮސް، ޕެރޭޑް ނިންމީ ސެންޓްރަލް ޕާކަށެވެ. މި ހިނގާލުމުގައި އެކި ތަންތަނަށް ހުއްޓި ތަފާތު ހުނަރުތައް ދައްކާލި އެވެ.

އަމީނިއްޔާގެ ހާއްސަ ޕެރޭޑް: އަނެއްކާވެސް އާ ހަނދާނަކަށް
އަމީނިއްޔާގެ ހާއްސަ ޕެރޭޑް: އަނެއްކާވެސް އާ ހަނދާނަކަށް

އަމީނިއްޔާގެ ޑެޕިއުޓީ ޕްރިންސިޕަލް ޝުއައިބަތު ސައީދު ވިދާޅުވީ 1700-2000 މިހާރުގެ ދަރިވަރުންނާއި ކުރީގެ ދަރިވަރުންގެ ޕެރޭޑަކީ "އަހަރީ ދުވަހުގެ ބޮޑު ކާމިޔާބީއެއް" ކަމަށެވެ.

އަމީނިއްޔާގެ ހާއްސަ ޕެރޭޑް: އަނެއްކާވެސް އާ ހަނދާނަކަށް
އަމީނިއްޔާގެ ހާއްސަ ޕެރޭޑް: އަނެއްކާވެސް އާ ހަނދާނަކަށް

"ހަނދާނުން ފޮހެވިގެންނުދާނެ އެތައް ކަމެއް އަނެއްކާވެސް އަޅުގަނޑުމެންނަށް ތަޖުރިބާކުރެވުނު،" ޝުއައިބަތު ވިދާޅުވި އެވެ.

އަމީނިއްޔާއަށް 75 އަހަރު ފުރޭނީ ނޮވެމްބަރު 28 އަށެވެ. މުޅި އަހަރަށް ބަހާލައިގެން އެ ސްކޫލުން ވަނީ ތަފާތު ގިނަ ހަރަކާތްތަކެއް ބާއްވައިފަ އެވެ.

އަހަރީ ދުވަސް ދިމާވަނީ ސްކޫލްތަކުގެ ބޮޑު ބަންދާކަމުން، އަލިމަސް ޔޫބީލްގެ ރަސްމީ ޖަލްސާ އޮންނާނީ އަަންނަ އަހަރު ސްކޫލްތައް ހުޅުވުމުންނެވެ.