ވައިިގެ ތެރޭގައި 19 ގަޑިއިރު، ނިއު ޔޯކުން ސިޑްނީ އަށް
ވައިިގެ ތެރޭގައި 19 ގަޑިއިރު، ނިއު ޔޯކުން ސިޑްނީ އަށް

ސިޑްނީ (އޮކްޓޯބަރު 20) - ހުއްޓުމެއް ނެތި އެންމެ ދިގު ދަތުރުކުރި ކޮމާޝަލް ފްލައިޓް ކާމިޔާބު ކަމާ އެކު އެމެރިކާގެ ނިއު ޔޯކުން އޮސްޓްރޭލިއާގެ ސިޑްނީ އަށް ދަތުރުކޮށްފި އެވެ.

ވައިިގެ ތެރޭގައި 19 ގަޑިއިރު، ނިއު ޔޯކުން ސިޑްނީ އަށް
ވައިިގެ ތެރޭގައި 19 ގަޑިއިރު، ނިއު ޔޯކުން ސިޑްނީ އަށް

ބޯއިން 787-9 ގެ އޮސްޓްރޭލިއާގެ ކުއަންޓަސް އެއާލައިނުގެ ބޯޓުން 49 މީހުން ދަތުރުކުރި އެވެ. ނިއު ޔޯކުން ސިޑްނީ އަށް 16،200 ކިލޯމީޓަރު (10،066 މޭލު) ގެ ދަތުރަށް 19 ގަޑިއިރާއި 16 މިނިޓް ހޭދަވި އެވެ. މިއީ މިވަރުގެ ދިގު ދަތުރެއްގައި ޕައިލެޓުންނާއި ކްރޫން އަދި ޕަސިންޖަރުންނަށް ކުރާ އަސަރު ބެލުމަށް ކުރި ރިސާޗް ފްލައިޓެކެވެ.

ވައިިގެ ތެރޭގައި 19 ގަޑިއިރު، ނިއު ޔޯކުން ސިޑްނީ އަށް
ވައިިގެ ތެރޭގައި 19 ގަޑިއިރު، ނިއު ޔޯކުން ސިޑްނީ އަށް

ޕަސިންޖަރުންނާއި ކާގޯ ލޯޑާ އެކު މިހާ ދިގު ދަތުރެއް ނުހުއްޓި އެއްވެސް ކޮމާޝަލް މަތިންދާ ބޯޓަކުން މީގެ ކުރިން ކޮށްފައެއް ނުވެ އެވެ. ނަމަވެސް ސިންގަޕޫރު އެއާލައިންސް އިން މިދިޔަ އަހަރު ވަނީ ސިންގަޕޫރުން ނިއު ޔޯކަށް 19 ގަޑިއިރުގެ ދަތުރެއް ކޮށްފަ އެވެ. ކުއަންޓަސް އިން މިދިޔަ އަހަރު ވަނީ ޕާތާއި ލަންޑަނާ ދެމެދު 17 ގަޑިއިރުގެ ދިގު ދަތުރުތައް ފަށައިފަ އެވެ. އަދި ގަތަރު އެއާވޭސް އިން ވަނީ ދޯހާ އާއި އޮކްލެންޑާ ދެމެދު 17.5 ގަޑިއިރުގެ ދިގު ދަތުރުތައް ފަށައިފަ އެވެ.

ވައިިގެ ތެރޭގައި 19 ގަޑިއިރު، ނިއު ޔޯކުން ސިޑްނީ އަށް
ވައިިގެ ތެރޭގައި 19 ގަޑިއިރު، ނިއު ޔޯކުން ސިޑްނީ އަށް

ފްލައިޓުގެ ދަތުރުގައި ވަނީ ޕައިލެޓުގެ ސިކުނޑީގެ ވޭވްސް އާއި މެލަޓޯނިން ލެވެލް މޮނިޓާކޮށްފަ އެވެ.

ކުއަންޓަސް އިން އަންނަ މަހު ލަންޑަނުން ސިޑްނީ އަށް ޓެސްޓް ފްލައިޓެއް ބާއްވާނެ އެވެ.