ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އޮފީސް ފެން ބިލްޑިންގަށް ބަދަލުކޮށްފި
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އޮފީސް ފެން ބިލްޑިންގަށް ބަދަލުކޮށްފި

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އޮފީސް، ފެން ބިލްޑިންގަށް މިއަދު ބަދަލުކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ މިއަދުން ފެށިގެން މަސައްކަތް ކުރާނީ އަމީނީ މަގުގައި ހުންނަ ފެން ބިލްޑިންގްގެ ދެ ވަަނަ ފަންގިފިލާގައި ކަމަށެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒަބީހް މިއަދު ވިދާޅުވީ، ވެލާނާގޭގައި އެ މިނިސްޓްރީ ހިންގަމުން ދިޔައީ ވަރަށް ކުޑަ ޖާގައެއްގައި ކަމަށެވެ. އެހެންވެ، މުވައްޒަފުން ވެސް އިތުރަށް ނުނެގި ހިދުމަތްތައް ދިނުމުގައި ވަރަށް ބޮޑާށް ލަސްވި ކަމަށް ވިދާޅުވި އެވެ.

އެ މިނިސްޓްރީގައި 50 އެއްހާ މުވައްޒަފުން މަސައްކަތްކުރެ އެވެ. އާ އިމާރާތާ އެކު ޖާގަ ތަނަވަސްވެ ހިދުމަތް ދިނުން ވެސް އަވަސް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖާގައިގެ ދަތިކަން ވަރަށް ބޮޑު. ވަރަށް އުނދަގުލައި ކުރިން މަސައްކަތް ކުރީ. އެހެންވެ އާ އިމާރާތަކަށް ބަދަލުވުމާ އެކު، ހިދުމަތްތައް އަވަސްވެ ގެންދާނެ،" ޒަބީހް ވިދާޅުވި އެވެ.

މި ބަދަލާ އެކު، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށް ގުޅޭނެ ނަންބަރުތަކަކަށް ވެސް ވަނީ ބަދަލުކޮށްފަ އެވެ. މިހާރު ގުޅޭނީ 3026955، 3026999 އިންނެވެ. އަދި 7311474 އަކީ މިނިސްޓްރީގެ ހޮޓްލައިންގެ ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ.

މި ސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީގެ މަސައްކަތްތައް މީގެ ކުރިން ހިންގީ ވެލާނާގޭގެ ދެ ވަނަ ފަންގިފިލާގަ އެވެ.