ހަރުފައެއްގެ ދިގުމިނުގައި 33 ފޫޓް، ބަރުދަނުގައި 400 ކިލޯ
ހަރުފައެއްގެ ދިގުމިނުގައި 33 ފޫޓް، ބަރުދަނުގައި 400 ކިލޯ

ބްރެޒިލްގެ ކޮންސްޓްރަކްޝަން ސައިޓަކުން، ދިގުމިނުގައި 33 ފޫޓް އަދި ބަރުދަނުގައި 400 ކިލޯގްރާމް ހުރި ބިޔަ އެނަކޮންޑާއެއް ފެނިއްޖެ އެވެ.

ހަރުފައެއްގެ ދިގުމިނުގައި 33 ފޫޓް، ބަރުދަނުގައި 400 ކިލޯ
ހަރުފައެއްގެ ދިގުމިނުގައި 33 ފޫޓް، ބަރުދަނުގައި 400 ކިލޯ

ހަރުފަ ފެނުނީ ފަރުބަދައެއްގެ ހޮހަޅަ ގޮވުމަށް ފަހު އެވެ. ގިނަ ބަޔަކު ލަފާ ކުރަނީ މިއީ މިހާތަނަށް ދުނިޔޭން ފެނުނު އެންމެ ބޮޑު ހަރުފައަށް ވެދާނެ ކަމަށެވެ. މި ހަރުފައިގެ ވަށަމިނުގައި ވެސް އެއް މީޓަރު ހުއްޓެވެ.

ވީޑިއޯއަކުން ފެންނަނީ ބޮޑު ކެރޭނެއްގައި ވާ ޖަހައިގެން ހަރުފަ އުފުއްލާލައި ވަނިކޮށެވެ. ހަރުފަ އަތުލައިގަތީ އެ މަރާލައިގެން ކަމެއް ނުވަތަ ކިހިނެއް ކަމެއް ނޭނގެ އެވެ.

ހަރުފަ މަރާލީ ކަމަށް ބުނާ މީހުން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ އެ ހަރުފަ އެހާ ބޮޑީ ވަރަށް ގިނަ ދުވަހު ދުނިޔޭގައި އުޅެފައި އޮތް އެއްޗަކަށް ވާތީ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެހެންވެ ހަރުފަ މަރާނުލައި ޖަންގައްޔެއް ތެރެއަށް ދޫކޮށްލި ނަމަ މާ ރަނގަޅުވީސް ކަމަށެވެ.