މަތީ ތައުލީމަށް ހޭދަކުރުމުގެ ސިފަ ރާއްޖޭގެ މުއްސަނދިންގެ ކިބައިގައި ވެސް ހުންނަންޖެހޭ: މަލީހް

،މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހޭދަކުރަން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު، ރާއްޖޭގެ މުއްސަނދިންނަށް ރޭ ގޮވާލައިފި އެވެ.

މަތީ ތައުލީމަށް ހޭދަކުރުމުގެ ސިފަ ރާއްޖޭގެ މުއްސަނދިންގެ ކިބައިގައި ވެސް ހުންނަންޖެހޭ: މަލީހް
މަތީ ތައުލީމަށް ހޭދަކުރުމުގެ ސިފަ ރާއްޖޭގެ މުއްސަނދިންގެ ކިބައިގައި ވެސް ހުންނަންޖެހޭ: މަލީހް

ވިލާ ކޮލެޖުގެ 12 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވީ، މަތީ ތައުލީމަށް ފައިސާ ހަދިޔާކުރުމުގެ އާދަ ރާއްޖޭގައި އަށަގަންނުވަން ޖެހޭ ކަމަށެވެ. އެމެރިކާ ފަދަ ގައުމުތަކުގައި މި އާދަ އޮންނަ ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މިއީ ރާއްޖޭގެ މުއްސަނދިންގެ މެދުގައި ވެސް އޮތުން މުހިއްމު ސިފައެއް ކަމަށެވެ. އަދި މަތީ ތައުލީމަށް ފައިސާ ހަދިޔާ ކުރުމަކީ ކުރިއަށް އޮތް ޖީލަށް ވެވޭނެ އެންމެ މުހިއްމު އެހީތެރިކަން ކަމަށް މަލީހު ވިދާޅުވި އެވެ.

މަތީ ތައުލީމަށް ހޭދަކުރުމުގެ ސިފަ ރާއްޖޭގެ މުއްސަނދިންގެ ކިބައިގައި ވެސް ހުންނަންޖެހޭ: މަލީހް
މަތީ ތައުލީމަށް ހޭދަކުރުމުގެ ސިފަ ރާއްޖޭގެ މުއްސަނދިންގެ ކިބައިގައި ވެސް ހުންނަންޖެހޭ: މަލީހް

"އެކިއެކި ބޭފުޅުންގެ އެކްސެސް ފައިދާ، ނޫނީ ކޮންމެވެސް މިންވަރެއް ސްކޯލާޝިޕްގެ ގޮތުން ނަމަވެސް ނޫނީ އެހެން ގޮތްގޮތުން ނަމަވެސް ކޮންމެ ވެސް ސިފައެއްގައި ތައުލީމާ ދިމާއަށް މިސްރާބު ޖެހުމަކީ ރާއްޖެ އަށް، މި ފަހުގެ ޖެނެރޭޝަނަށް ކޮށްދެވޭނެ އެންމެ މުހިއްމު މަސައްކަތް،" މިނިސްޓަރު ވިދާޅުވި އެވެ.

މަތީ ތައުލީމަށް ހޭދަކުރުމުގެ ސިފަ ރާއްޖޭގެ މުއްސަނދިންގެ ކިބައިގައި ވެސް ހުންނަންޖެހޭ: މަލީހް
މަތީ ތައުލީމަށް ހޭދަކުރުމުގެ ސިފަ ރާއްޖޭގެ މުއްސަނދިންގެ ކިބައިގައި ވެސް ހުންނަންޖެހޭ: މަލީހް

އޭނާ ވިދާޅުވި ގޮތުގައި، ވިލާ ކޮލެޖު ފަދަ އަމިއްލަ ފަރާތްތަކުން މަތީ ތައުލީމަށް ކުރާ ހިދުމަތް ސަރުކާރުން ބަލައިގަންނަން ޖެހޭނެ އެވެ. އަދި އަވަސް މުސްތަގްބަލެއްގައި ވިލާ ކޮލެޖަށް ޔުނިވާސިޓީއެއްގެ ލަގަބު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މަތީ ތައުލީމަށް ހޭދަކުރުމުގެ ސިފަ ރާއްޖޭގެ މުއްސަނދިންގެ ކިބައިގައި ވެސް ހުންނަންޖެހޭ: މަލީހް
މަތީ ތައުލީމަށް ހޭދަކުރުމުގެ ސިފަ ރާއްޖޭގެ މުއްސަނދިންގެ ކިބައިގައި ވެސް ހުންނަންޖެހޭ: މަލީހް

މި ރަސްމިއްޔާތުގައި، މިދިޔަ އަހަރު ވިލާ ކޮލެޖަށް އެންމެ ރަނގަޅަށް ހިދުމަތްކޮށްދިން ފަރާތާއި އެކި ގޮތްގޮތުން ފާހަގަކުރެވޭ މުވައްޒަފުންނާއި ޑިޕާޓްމެންޓްތަކުގެ އަގު އެ ކޮލެޖުން ވަޒަން ކުރި އެވެ. އަދި ފަސް އަހަރަށް ވުރެ ގިނަ ދުވަހު ވިޒިޓިން ލެކްޗަރާއެއްގެ ގޮތުގައި ކިޔަވައި ދީފައިވާ 26 މީހަކަށް ހަނދާނީ ލިޔުން ވެސް ދިނެވެ.

މަތީ ތައުލީމަށް ހޭދަކުރުމުގެ ސިފަ ރާއްޖޭގެ މުއްސަނދިންގެ ކިބައިގައި ވެސް ހުންނަންޖެހޭ: މަލީހް
މަތީ ތައުލީމަށް ހޭދަކުރުމުގެ ސިފަ ރާއްޖޭގެ މުއްސަނދިންގެ ކިބައިގައި ވެސް ހުންނަންޖެހޭ: މަލީހް

ހުރިހާ ގޮތަކުން އެންމެ ރަނގަޅު މުވައްޒަފަކަށް ހޮވުނީ އެ ކޮލެޖުގެ ޑިޕާޓްމެންޓް އޮފް އެޑިއުކޭޝަނަލް ސްޓަޑީޒްގެ އާއިޝަތު ޝިމްލާ އެވެ.

މަތީ ތައުލީމަށް ހޭދަކުރުމުގެ ސިފަ ރާއްޖޭގެ މުއްސަނދިންގެ ކިބައިގައި ވެސް ހުންނަންޖެހޭ: މަލީހް
މަތީ ތައުލީމަށް ހޭދަކުރުމުގެ ސިފަ ރާއްޖޭގެ މުއްސަނދިންގެ ކިބައިގައި ވެސް ހުންނަންޖެހޭ: މަލީހް

ވިލާ ކޮލެޖުން މިދިޔަ އަހަރު ތައާރަފްކުރި "ވީސީ ޑައިމަންޑް" އެވޯޑްތަކަށް ހޮވުނު މީހުންނަށް ވެސް މި އެވޯޑް ހަވާލުކުރި އެވެ. ކޮލެޖު ޑިޕާޓްމެންޓްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ހިތްވަރުދީ، ފެންވަރު ރަނގަޅު ޑިޕާޓްމެންޓްތަކަށް އަގު ވަޒަން ކުރަން ތައާރަފްކުރި "ވީސީ ޑައިމަންޑް އެވޯޑް ފޯ އެކްސަލަންސީ" ހަތަރު ފަރާތަކަށް ލިބުނެވެ. ސިލްވާ އެވޯޑް ލިބުނީ ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒް އާއި ފެކަލްޓީ އޮފް މާކެޓިން އެންޑް ކޮމިއުނިކޭޝަންސް އަދި ރަޖިސްޓްރޭޝަން ޑިޕާޓްމަންޓަށެވެ. އެ އެވޯޑްގެ ޕްލެޓިނަމް މަގާމް ލިބުނީ ޕޮލިސީ އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް ޑިޕާޓްމަންޓަށެވެ.

މަތީ ތައުލީމަށް ހޭދަކުރުމުގެ ސިފަ ރާއްޖޭގެ މުއްސަނދިންގެ ކިބައިގައި ވެސް ހުންނަންޖެހޭ: މަލީހް
މަތީ ތައުލީމަށް ހޭދަކުރުމުގެ ސިފަ ރާއްޖޭގެ މުއްސަނދިންގެ ކިބައިގައި ވެސް ހުންނަންޖެހޭ: މަލީހް

ރޭގެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުން ވަނީ އެއް ފަހަރު ބޭނުންކޮށްފައި އެއްލައިލާ ބާވަތުގެ ޕްލާސްޓިކާ ދުރުވާން ވެސް ނިންމައިފަ އެވެ. މިދިޔަ 12 އަހަރުގައި 9،000 އަށް ވުރެ ގިނަ ދަރިވަރުން ވިލާ ކޮލެޖުން މަތީ ތައުލީމު ހާސިލްކޮށްފައި ވެ އެވެ.