ވިލާ ކޮލެޖް، ޕްލާސްޓިކާ "ރުޅިވެއްޖެ"
ވިލާ ކޮލެޖް، ޕްލާސްޓިކާ "ރުޅިވެއްޖެ"

އެއް ފަހަރު ބޭނުންކުރުމަށް ފަހު އުކައިލާ ޕްލާސްޓިކް ގެންގުޅުން ވިލާ ކޮލެޖުން މަނާކޮށްފި އެވެ.

ވިލާ ކޮލެޖް، ޕްލާސްޓިކާ "ރުޅިވެއްޖެ"
ވިލާ ކޮލެޖް، ޕްލާސްޓިކާ "ރުޅިވެއްޖެ"

"ސިންގަލް-ޔޫޒް ޕްލާސްޓިކް" މަނާކުރުމުގެ ހަރަކާތް ފައްޓަވައި ދެއްވީ ވިލާ ކޮލެޖުގެ 12 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގެ ޝަރަފްވެރި މެހުމާން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.

ވިލާ ކޮލެޖް، ޕްލާސްޓިކާ "ރުޅިވެއްޖެ"
ވިލާ ކޮލެޖް، ޕްލާސްޓިކާ "ރުޅިވެއްޖެ"

މި ހަރަކާތް ފެށީ "ލެޓްސް ބްރޭކް އަޕް" ނުވަތަ "ހިނގާ ރުޅިވާން" ގެ ނަމުގައި ދެއްކި ކުރު ވީޑިއޯ އަކާ އެކު އެވެ.

ވިލާ ކޮލެޖް، ޕްލާސްޓިކާ "ރުޅިވެއްޖެ"
ވިލާ ކޮލެޖް، ޕްލާސްޓިކާ "ރުޅިވެއްޖެ"

ވިލާ ކޮލެޖުގައި އޮތް ރަސްމިއްޔާތަށް ވަޑައިގެންނެވި އެންމެން ހެއްވައިލި މި ވީޑިއޯ ގައި، ވިލާ ކޮލެޖާއި ވިލާ ހައި ސްކޫލްގެ ދަރިވަރުންތަކެއް ބުނީ ޕްލާސްޓިކާ އެއްކޮށް ދެން ނޫޅެވޭނެ ކަމަށެވެ. އަދި ޕްލާސްޓިކަކީ އެ މީހުންގެ ހަޔާތުގައި ވަރަށް ބޮޑު ރޯލެއް އަދާކުރަމުން ދިޔަ އެއްޗެއް ކަމަށް ވިޔަސް، ދެން އެއާ އެކު ނޫޅެވޭނެ ކަމަށް އެ ދަރިވަރުން ބުންޏެވެ. ގިނައިން ބޭނުންކުރެވޭ ވައްތަރުގެ ފެން ފުޅިއެއް ދައްކާލުމަށް ފަހު، އެ ވީޑިއޯ ގައި އެ ދަރިވަރުން ބުނީ، އެ ކުދިން މާ ގަޔާވާ އެހެން "ބައިވެރިއަކާ" ދިމާވެއްޖެ ކަމަށެވެ. ޕްލާސްޓިކާ އެކު އޮތް ގުޅުން ކަނޑާލުމުން އެ މީހުންގެ ހިތަށް ލިބޭ ފިނިކަން ވެސް މާ ބޮޑު ކަމަށް އެ ދަރިވަރުން ބުންޏެވެ.

ވިލާ ކޮލެޖް، ޕްލާސްޓިކާ "ރުޅިވެއްޖެ"
ވިލާ ކޮލެޖް، ޕްލާސްޓިކާ "ރުޅިވެއްޖެ"

މި ހަރަކާތުގެ ދަށުން، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް ބޭނުން ނުކުރުމަށް ވިލާ ކޮލެޖުގެ ހުރިހާ މުވައްޒަފުން އެއްބަސްވި އެވެ. އަދި ރޭގެ ރަސްމިއްޔާތަށް ދިޔަ އެ ކޮލެޖުގެ ހުރިހާ ޓީޗަރުން އެކަމަށް އެއްބަސްވެ، ސޮއިކުރި އެވެ.

ވިލާ ކޮލެޖް، ޕްލާސްޓިކާ "ރުޅިވެއްޖެ"
ވިލާ ކޮލެޖް، ޕްލާސްޓިކާ "ރުޅިވެއްޖެ"

ވިލާ ކޮލެޖުގެ ހުރިހާ ކެމްޕަހެއްގައި ސާފު ފެން ލިބޭނެ އާރްއޯ ފިލްޓަރު މި ހަރަކާތުގެ ތެރެއިން ބަހައްޓާނެ އެވެ. އަދި ޕްލާސްޓިކް ފެން ފުޅިއާ ދުރަށް ދިއުމަށް ބާރު އެޅުމަށްޓަކައި އެ ކޮލެޖުގެ މުވައްޒަފުންނާއި ދަރިވަރުންނަށް ޕްލާސްޓިކް ނޫން ބާވަތުގެ ފުޅި ދޭނެ އެވެ.

ވިލާ ކޮލެޖް، ޕްލާސްޓިކާ "ރުޅިވެއްޖެ"
ވިލާ ކޮލެޖް، ޕްލާސްޓިކާ "ރުޅިވެއްޖެ"

ތިމާވެއްޓަށް ކުރާ ގެއްލުން މަދުކުރަން ވިލާ ކޮލެޖުން ކުރަމުން އަންނަ އެހެން މަސައްކަތްތައް ވެސް އެ ކޮލެޖުން ރޭ ފާހަގަ ކުރި އެވެ. އެއީ މީގެ ފަސް އަހަރު ކުރިން ވިލާ ކޮލެޖުން ފެށި "ސޯލާ އެނާޖީ" ޕްރޮޖެކްޓްގެ ރިޕޯޓު ނެރުމެވެ.

ވިލާ ކޮލެޖް، ޕްލާސްޓިކާ "ރުޅިވެއްޖެ"
ވިލާ ކޮލެޖް، ޕްލާސްޓިކާ "ރުޅިވެއްޖެ"

މިއީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަކަތަ ބޭނުން ކުރުމުގެ އިތުރުން ވައިގެ ކޮލިޓީ ރަނގަޅު ކުރުމުގެ މަގްސަދުގައި އެ ކޮލެޖުން ފެށި ޕްރޮޖެކްޓެކެވެ. އިރުގެ ހަކަތަ ބޭނުން ކުރަން ފެށުމުން، އިޔާދަނުވާ ހަކަތަ ބޭނުންކުރާ މިންވަރު 37 ޕަސެންޓު ދަށްވެއްޖެ ކަމަށް އެ ކޮލެޖުން ބުންޏެވެ. އަދި އެ ކޮލެޖުގެ ކަރަންޓު ބިލް ވެސް 42 ޕަސެންޓު ކުޑަވިކަން އެތަނުން ފާހަގަކުރި އެވެ.

ތިމާވެއްޓަށް ކުރާ ގެއްލުން މަދު ކުރަން މަސައްކަތް ކުރުމުގައި ގޮންޖެހުންތައް ހުރި ނަމަވެސް، އެ ކަން ހާސިލްކުރަން ގިނަ ކަންތަކެއް ކުރެވޭނެ ކަން ވިލާ ކޮލެޖުުން ބުންޏެވެ. އަދި އަމިއްލަ އެހެން ކުންފުނިތަކުން ވެސް މި ފަދަ މަޝްރޫއުތައް ފަށާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އެ ކޮލެޖުން ބުންޏެބެ.