ހައްޖުވެރިން އުފުލި ބޯޓެއްގެ ފުރޮޅު އިންނަ ބައިން ގަބުރެއް ފެނިއްޖެ
ހައްޖުވެރިން އުފުލި ބޯޓެއްގެ ފުރޮޅު އިންނަ ބައިން ގަބުރެއް ފެނިއްޖެ

ޖިއްދާ (ސެޕްޓެމްބަރު 25) - ހައްޖުވެރިން ނައިޖީރިއާ އަށް އުފުލި ސައުދީ އަރަބިއާގެ މަތިންދާ ބޯޓެއްގެ ފުރޮޅު އިންނަ ބައިގެ ތެރޭން ގަބުރެއް ފެނިފައިވާ ކަމަށް ރަސްމީ މީޑިއާ އިން ބުނެފި އެވެ.

ފުރޮޅު ތެރޭން ގަބުރެއް ފެނިފައި ވަނީ ސައުދީ އަރަބިއާގެ އެއާލައިނެއް ކަމަށްވާ "ފްލައި ނަސް" ގެ ބޯޓު ހައްޖުވެރިން ނައިޖީރިއާ އަށް ބޭލުމަށް ފަހު އެނބުރި ޖިއްދާގެ ކިންގް އަބްދުލް އަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމަށް ފަހު އާދައިގެ މަތިން ބޯޓު ޗެކް ކުރަމުން ދަނިކޮށެވެ.

ސައުދީ ޕްރެސް އެޖެންސީން ބުނީ ފުރޮޅު އިންނަ ބައިގެ ތެރޭން ނެރެފައި ވަނީ ކަޅު މީހެއްގެ ހަށިގަނޑު ކަމަށެވެ.

ނައިޖީރިއާ އަކީ ގަވާއިދާ ޚިލާފަށް ޔޫރަޕަށް މީހުން ބޭރު ކުރާ އެއް ގައުމެވެ. ގިނަ މީހުން ދަނީ މެޑިޓެރޭނިއަން ހުރަސްކޮށް ނުރައްކާ ދަތުރެއް ކަނޑުމަގުން ކޮށްފަ އެވެ. އަދި ނައިޖީރިއާގެ ގިނަ ބަޔަކު ސައުދީ އަށް ވަގަށް އެތެރެވާން މި އަހަރު މަސައްކަތްކޮށްފައިވެ އެވެ.