17 އޮކްޓޯބަރ 2019 - 11:27

މާލެ ބޭރުގައި ދެ ލޯންޗެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް މިއަދު އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ލޯންޗެއް އެކްސިޑެންޓުވެގެން 10:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 17 އަހަރުގެ އަންހެން ކުއްޖަކަށާއި 28 އަހަރުގެ ފިރިހެނަކަށާއި 38 އަހަރުގެ ފިރިހެނަކަށާއި 50 އަހަރުގެ ފިރިހެނަކަށެވެ. އަދި މީގެ ތެރެއިން ބޮޑަށް އަނިޔާވީ 50 އަހަރުގެ މީހާ އަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ބޮޑަށް އަނިޔާވި މީހާ އަށް އޮބްޒަވޭޝަންގައި ބާއްވައިގެން ފަރުވާ ދެމުން އަންނައިރު އަނެއް ތިން މީހުންނަށް ވެސް ވަނީ ފަރުވާ ދީފަ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.