ދީނަށް ބަދުބަސް ބުނުމާއި ހަމަނުޖެހުމަށް ގޮވުން ހުއްޓުވާނަން: ރައީސް
ދީނަށް ބަދުބަސް ބުނުމާއި ހަމަނުޖެހުމަށް ގޮވުން ހުއްޓުވާނަން: ރައީސް

އިސްލާމްދީނަށް ބަދުބަސް ބުނެ މަލާމާތްކުރުމާއި ދީނުގެ ނަމުގައި ފިތުނަފަސާދަ އުފެއްދުމަށް ޖާގަ ނުދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދ. ހުޅުދެލީގައި މިއަދު ވިދާޅުވެއްޖެ އެވެ.

ދީނަށް ބަދުބަސް ބުނުމާއި ހަމަނުޖެހުމަށް ގޮވުން ހުއްޓުވާނަން: ރައީސް
ދީނަށް ބަދުބަސް ބުނުމާއި ހަމަނުޖެހުމަށް ގޮވުން ހުއްޓުވާނަން: ރައީސް

ރައީސް ވިދާޅުވީ، ގާނޫނުއަސާސީން ލިބިދީފައި އޮންނަ މިނިވަންކަން ރާއްޖޭގައި އޮންނާނެ ކަމަށެވެ. އެއާއެކު ހަމަނުޖެހުމަށް ގޮވާލާ ގޮވާލުންތައް ވެސް ހުއްޓުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ދީނަށް ބަދުބަސް ބުނުމާއި ހަމަނުޖެހުމަށް ގޮވުން ހުއްޓުވާނަން: ރައީސް
ދީނަށް ބަދުބަސް ބުނުމާއި ހަމަނުޖެހުމަށް ގޮވުން ހުއްޓުވާނަން: ރައީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި އޮންނަނީ އިސްލާމްދީނެވެ. ދީނަށް ގޮންޖަހައި ބަދުބަސްބުނެ، ރަސޫލާ އަށް މަލާމާތްކުރަން ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީ، ޓެރަރިޒަމްގެ ގާނޫނަށް ދާދިފަހުން އިސްލާހު ގެނެސްފައިވާ ކަން ފާހަގަކުރައްވަމުން ވިދާޅުވީ އޭގެ ބޭނުމަކީ ރާއްޖޭގައި އޮތް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގާލުމެއް ނޫން ކަމަށެވެ. ރާއްޖޭގެ އެއްވެސް ރައްޔިތަކު ސީރިއާ އަށް ގޮސް ހަނގުރާމަ ކުރަން ނުޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެއީއަކީ ދިވެހިން ކުރަން ޖެހޭނެ ކަމެއް ނޫން، ސީރިއާގައި އަފްގާނިސްތާނުގައި ހިނގާ ހަނގުރާމަތަކަކީ ޓެރަރިސްޓް ހަނގުރާމަަތައް. ދުނިޔެ ބަލައިގަންނަ ހަނގުރާމަތަކެއް ނޫން އެއީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވިޔަ ނުދޭން ކުރަން ޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ އެވެ. އެކަމަށް ހިތްވަރުދޭ ފަރާތްތައް ވެސް ހުއްޓުވާނެ ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމަށް ގެނައީ ހަމަޖެހުމާއި އިންސާފާއި ތަރައްގީ އަށް ކަމަށާއި ސަރުކާރުން އެންމެ އިސްކަމެއް ދޭ އެއް ކަމަކީ ހަމަޖެހުން ގާއިމްވެފައި އޮތުން ކަމަށް ވިދާޅުވި އެވެ. ހަމަޖެހުން ނެތް ތަނެއްގައި އިގްތިސާދު ކުރިނާރާނެ ކަން ވެސް ފާހަގަކުރެއްވި އެވެ.

ރައީސަކަށް ހުންނަވާ ބޭފުޅަކީ ރަށްރަށަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވަން ޖެހޭ ބޭފުޅެއް ކަމަށާއި ހުޅުދެއްޔަށް ވަޑައިގަތީ އެ ނިޔަތާ އެކު ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އަސާސީ ބައެއް ޚިދުމަތްތައް ހުޅުދެލީގައި ނުލިބެ އެވެ. އެ ރަށުގެ ބަނދަރުގެ މައްސަލަ އާއި ބިމުގެ ދަތިކަން ހައްލުކުރުމަކީ ކުރަން ޖެހިފައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

- ހުޅުދެއްޔަށް ގެންނާނެ ތަރައްގީގެ ތެރޭގައި ބަނދަރު ބޮޑުކުރުން އެބައޮތް. އެ މަޝްރޫއު އޮތީ ބިޑަށް ލާފައި.

- ހުޅުދެލީ މަސްވެރިން ބާނާ މަހަށް ވެސް ހަމަ އަގު ހޯދައިދޭނެ، މަސްވެރިކަން ރަނގަޅުވުމުގެ ނިޝާންތައް އެބަ ފެނޭ. ދާ އެޅުމުގެ މަސްވެރިކަމަށް ވަނީ ކޮންޓްރޯލެއް އައިސްފައި. އެހެންކަމުން ކުރިން އޮތް ފަދަ ރަނގަޅު މަސްވެރިކަމެއް ރާއްޖޭގައި އޮންނާނެ ކަމުގެ އުއްމީދު ބޮޑު.

- މިފްކޯގެ ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް އެބަދޭ. މިހާރު މިފްކޯ އަށް މަސް ގަންނަ އަގުގައި ގަނެގެން އޭގެ ފައިދާ ލިބޭނެ ގޮތަކަށް ދުނިޔޭގެ މާކެޓަކަށް ވިއްކާނެ ގޮތެއް ނެތް.

- ބަދަލުތަކާ އެކު މިފްކޯ ދެކޮޅު ޖެހޭ ކުންފުންޏަކަށް ބަދަލުވާނެ.

- ޑިސެލިނޭޝަން ޕްލާންޓެއް ބަހައްޓައި ހުޅުދެލީގައި ސާފު ބޯފެން ލިބޭނެ އިންތިޒާމް ހަމަޖައްސައިދިން.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށްޓަކައި މި ސަރުކާރުން އަންނަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތަރައްގީއަށްޓަކައި ފަސް އަހަރުގެ އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާ ކަން ފާހަގަކުރައްވައި ވިދާޅުވީ ރަށްރަށުން ބޭނުންވާ ކަންކަން ނިމޭނެ ތާރީޚް އެ ޕްލޭންގައި ހިމަނާފައިވާނެ އެވެ.

އެ ޕްލޭންގައި ހުޅުދެއްޔާއި ދ. އަތޮޅަށް ކުރަން ރާވާފައި ހުރި ކަންކަން ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ. ރައްޔިތުންގެ އަސާސީ ޚިދުމަތްތަކާއި ތަރައްގީ އަށް ރައްޔިތުން ބޭނުންވާ ކަންކަން އެ ޕްލޭނާ އެކު ހާސިލްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.