ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ކޭމްޕެއް ލ. އަތޮޅުގައި
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ކޭމްޕެއް ލ. އަތޮޅުގައި

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްޕީޗް އެންޑް ހިއަރިން ކޭމްޕެއް ލ. އަތޮޅުގައި ބާއްވައިފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ކޭމްޕެއް ލ. އަތޮޅުގައި
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ކޭމްޕެއް ލ. އަތޮޅުގައި

މިއީ އެޑްވޮކޭޓިން ފޮ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އާއި ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް (ބީއީޑީއެސް) ގުޅިގެން ލ. ގަމުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޭމްޕުގައި އެ އަތޮޅު ކުނަހަންދޫގެ އިތުރުން އިސްދުއާއި ފޮނަދޫ އަދި ގަމުގައި ދިރިއުޅޭ 25 ކުއްޖަކު ބައިވެރިވި އެވެ. މި ކޭމްޕު އަމާޒުކޮށްފައި ވަނީ އަޑުއެހުމުގަ އާއި ވާހަކަދެއްކުމުގައި އުނދަގޫތަކާ ދިމާވާ ކުދިންނަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ކޭމްޕެއް ލ. އަތޮޅުގައި
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ކޭމްޕެއް ލ. އަތޮޅުގައި

މި ކޭމްޕުގެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ ބޭރު ސްޕީޗް ތެރަޕިސްޓެއް ކަމަށް އާކް އިން ބުންޏެވެ. ކޭމްޕުގައި ބައިވެރިވި ކުދިން ބަލައި، އެ ކުދިން ބޭނުންވާ އެސެސްމެންޓުުތަކާއި ޓެސްޓުތައް ހަދައިދިނީ ވެސް އެ ތެރަޕިސްޓެވެ. މި ހަރަކާތްތައް ކުރިއަށް ގެންދިިޔައީ ގަން ރީޖަނަލް ހޮސްޕިޓަލުގަ އެވެ.

މީގެ އިތުރުން އެ ކުދިންނާ މުއާމަލާތުކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ހާއްސަ ސެޝަނެއް ވެސް އޭނާ ކުރިއަށް ގެންދިޔަ އެވެ. ވާހަކަދެއްކުމުގައި ރަނގަޅު އަޑުތައް ބޭނުންކުރުމުގެ މުހިއްމުކަމާއި މުއާމަލާތް ކުރުމުގައި ދިމާވާ ގޮންޖެހުންތައް މަދުކުރަން ކުރެވޭނެ ކަންތައްތައް ވެސް މި ސެޝަންގައި އޭނާ ކިޔައިދިން ކަމަށް އާކް އިން ބުންޏެވެ. ތިރީހަށް ވުރެ ގިނަ ޓީޗަރުން އާއި ބެލެނިވެރިން މި ސެޝަނުގައި ބައިވެރިވި އެވެ.

މި އަހަރުގެ މާޗު މަހު ވެސް އާކް އާއި ބީއީޑީއެސް ގުޅިގެން މިފަދަ ކޭމްޕެއް ކުރިއަށް ގެންދިޔަ އެވެ.