ނޯތު ކޮރެއާގެ ލީޑަރު އަހެއްގައި އެ ގައުމުގެ އެންމެ އުސް ފަރުބަދަ މަތީގައި
ނޯތު ކޮރެއާގެ ލީޑަރު އަހެއްގައި އެ ގައުމުގެ އެންމެ އުސް ފަރުބަދަ މަތީގައި

ޕިއޮންޔޮން (އޮކްޓޯބަރު 16) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޔޮން-އުން އަހެއްގައި އެ ގައުމުގެ އެންމެ އުސް ފަރުބަދައިގެ މައްޗަށް އަރުއްވާފައިވާ ކަމަށް ރަސްމީ މީޑިއާ އިން ބުނެފި އެވެ.

ނޯތު ކޮރެއާގެ ލީޑަރު އަހެއްގައި އެ ގައުމުގެ އެންމެ އުސް ފަރުބަދަ މަތީގައި
ނޯތު ކޮރެއާގެ ލީޑަރު އަހެއްގައި އެ ގައުމުގެ އެންމެ އުސް ފަރުބަދަ މަތީގައި

ސްނޯ އިން ކަވަރުވެފައިވާ މައުންޓް ޕައެކްޓޫގެ މަތީގައި ހުދު ކުލައިގެ އަހެއްގައި ކިމް ވަޑައިގަންނަވާ މަންޒަރުގެ ފޮޓޯތައް ކޭސީއެންއޭ މީޑިއާ އިން ހާމަކޮށްފައިވެ އެވެ. މިއީ 2،750 މީޓަރުގެ އުސް ފަރުބަދައިގެ އެންމެ މައްޗަށް ކިމް އަރާވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ތަޖްރިބާކާރުން ބުނަނީ ކިމް މިފަދަ ކަމެއް ކުރެއްވުމުގެ ފަހަތުގައި ވަނީ ކޮންމެވެސް ބޮޑު ކަމެއް އިއުލާން ކުރެއްވުމަށް ތައްޔާރުވުމެވެ. މައުންޓް ޕައެކްޓޫ އަކީ ނޯތު ކޮރެއާގައި ޚާއްސަ ގަދަރެއް ދީފައިވާ ފަރުބަދައެކެވެ.

ނޯތު ކޮރެއާގެ ލީޑަރު އަހެއްގައި އެ ގައުމުގެ އެންމެ އުސް ފަރުބަދަ މަތީގައި
ނޯތު ކޮރެއާގެ ލީޑަރު އަހެއްގައި އެ ގައުމުގެ އެންމެ އުސް ފަރުބަދަ މަތީގައި

އާ އަހަރުގެ ތަގްރީރު ދެއްވުމުގެ ކުރިން 2017 ވަނަ އަހަރު ވެސް ކިމް ވަނީ އެ ފަރުބަދަ އަށް ޒިޔާރަތް ކުރައްވައިފަ އެވެ. އެ ފަހަރުގެ ތަގްރީރުގައި ކިމް ވަނީ ވާދަވެރި ސައުތު ކޮރެއާއާ އެކު ގުޅުން ބަދަހިކުރާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.

މައުންޓް ޕައެކްޓޫ އަށް ކިމް މީގެ ކުރިން ވަނީ ތިން ފަހަރެއްގެ މަތިން ޒިޔާރަތް ކުރައްވައިފަ އެވެ. ވެރިރަށް ޕިއޮންޔަންގާއި އެތައް ހާސް ކިލޯ މީޓަރެއްގެ ދުރުގައިވާ ފަރުބަދަ ހުންނަނީ ނޯތު ކޮރެއާ އާއި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދުގަ އެވެ.