15 އޮކްޓޯބަރ 2019 - 12:15

އެމިރޭޓްސް އެއާލައިނުން މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީ އަށް ދާން ހާއްސަ ފެއާއެއް އެއާލައިނުން ތައާރަފްކޮށްފި އެވެ.

މި ފެއާގެ ދަށުން ރާއްޖެއިން މެކްސިކޯ އަށް ދިއުމަށް އިކޮނޮމީ ކްލާހުގެ ރިޓާން ޓިކެޓް ލިބޭނީ 2،438 ޑޮލަރު (37،594ރ.) އަށެވެ. މި ފެއާގައި ޓިކެޓް ބުކް ކުރެވޭނީ މިއަދުން ފެށިގެން 4 ނޮވެމްބަރުގެ ނިޔަލަށެވެ. މި ފެއާގައި ބުކިން ހައްދާ މީހުންގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ 8 ޑިސެމްބަރުން ފެށިގެން އަންނަ އަހަރުގެ 31 އޮގަސްޓުގެ ނިޔަލަށެވެ.
މި މުއްދަތުގެ ތެރޭގައި އެމިރޭޓްސްގެ ބިޒްނަސް ކްލާހުން ދަތުރު ކުރުމަށް ވެސް ވަނީ ހާއްސަ ފެއާއެއް ތައާރަފް ކޮށްފަ އެވެ. އެގޮތުން، މި މުއްދަތުގެ ތެރޭގައި ބުކިން ހައްދާ މީހުންނަށް 5،274 ޑޮލަރު (81،325ރ.) އަށް މެކްސިކޯ ސިޓީ އަށް ދަތުރު ކުރެވޭނެ އެވެ.
އެމިރޭޓްސް އިން ވަނީ މި ފެއާގައި ނަގާ ޓިކެޓުތަކުން "ކޭޝް ޕްލަސް މައިލްސް" ވެސް ދޭން ނިންމާފަ އެވެ. މިއީ އެމިރޭޓް އިން ނުވަތަ ފްލައި ދުބާއީ އިން ދަތުރު ކުރާ ކޮންމެ ފަހަރަކު އެ އެއާލައިނުން ދޭ ޕޮއިންޓުތަކެކެވެ. މި ޕޮއިންޓުތަކުން އެމިރޭޓްސްގެ ޓިކެޓުތަކަށް ފައިސާ ދެއްކޭނެ އެވެ.
އެމިރޭޓްސް އިން ވަނީ މި ފެއާއާ ގުޅިގެން ޑިސެމްބަރު 8ގެ ކުރިން އެ އެއާލައިނުން ދަތުރު ކުރާ މީހުންނަށް ދެ ގުނަ މައިލް ދިނުމަށް ވެސް ނިންމައިފަ އެވެ. މިގޮތައް ދޭ މައިލްތަކުގެ މުއްދަތު ހަމަވާނީ ތިން އަހަރުންނެވެ.
އަލަށް ތައާރަފްކުރި މި ފެއާގައި މެކްސިކޯ ސިޓީއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އެ އެއާލިންގެ ބޮއިން 200-777 އެލްއާރު ބޯޓުންނެވެ. މިއީ 38 ބިޒްނަސް ސީޓާއި 264 އިކޮނޮމީ ސީޓު ހުންނަ ބޯޓެކެވެ.