15 އޮކްޓޯބަރ 2019 - 12:00

އޭޑީކޭ ހޮސްޕިޓަލްގެ ސްކޮލާޝިޕްގައި ސްޕެޝަލައިޒްވި ފުރަތަމަ ތިން ޑޮކްޓަރުން ވަޒީފާ އަށް ގުޅިއްޖެ އެވެ.
އޭޑީކޭއިން އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ބުނީ ދިވެހި އެ ތިން ޑޮކްޓަރުންނަށް މަރުހަބާ ކިޔުމަކީ އެ ހޮސްޕިޓަކަށް ލިބޭ ފަހުރެއް ކަމަށެވެ. މިއީ އޭޑީކޭގެ ސްކޮލާޝިޕަކުން ޑޮކްޓަރުންތަކެއް ސުޕްޝަލައިޒްވި ފުރަތަމަ ފަހަރެވެ.
ޑރ. މައުރޫފް ވިސާމް- އާންމު އޮޕަރޭޝަންތަކަށް ހާއްސަ
ޑރ. ޒާހިޔާ އަބްދުލް ބާރީ- އަންހެނުންގެ ބަލިތަކަށް ހާއްސަ
ޑރ. މައުރޫފާ އަބްދުލް ލަތީފް- ކަރުންމަތީގެ ބަލިތަކަށް ހާއްސަ
އެ ތިން ޑޮކްޓަރުންގެ ތެރެއިން މައުރޫފް މިހާރު ވަނީ މީހުން ބަލަން ފަށައިފަ އެވެ. އަނެއް ދެ ޑޮކްޓަރުން އަދި މީހުން ބަލަން ނުފަށަ އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ގިނަ ދިވެހި ޑޮކްޓަރުން ހިދުމަތަށް ނުކުތުމަކީ އުފަލެއް ކަމަށެވެ. ގައުމުގެ އިންސާނީ ވަސީލަތްތައް ބިނާކުރުމުގައި އޭޑީކޭ އަށް ބައިވެރިވެވޭތީ ވަރަށް ހިތްހަމަޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.