14 އޮކްޓޯބަރ 2019 - 14:15

ހައި ކޯޓުގެ ފަނޑިޔާރެއްގެ ތަޅުދަނޑި ފައްޗެއް ގެއްލުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުހަކަށް ފެނިގެން އެ ހަވާލުކޮށްފި އެވެ.
އެ ތަޅުދަނޑިފަތި ފެނުމާ ގުޅިގެން، ފަނޑިޔާރު ހުސެއިން ޝަހީދު ވަނީ ފުލުހުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އެ ތަޅުދަނޑިފަތީގައި ހިމެނެނީ އޭނާގެ ކޮޓަރިކޮޅާއި ގެ އާއި ސައިކަލުގެ ތަޅުދަނޑި އެވެ.
ތަޅުދަނޑިފަތި ވެއްޓިފައި އޮއްވައި، އެ ނަގައިގެން ގެންދިޔައީ އޮފް ޑިއުޓީގައި ހުރި ފުލުހެކެވެ. އޭގެ ފަހުން ފަނޑިޔާރު ޝަހީދު ވަނީ އޭނާގެ ތަޅުދަނޑިތައް ގެއްލިގެން އުޅޭކަން ފުލުހުންނަށް ރިޕޯޓުކޮށްފަ އެވެ.
ތަޅުދަނޑިފަތި ގެއްލުނުތާ 45 މިނެޓުގެ ތެރޭގައި ފުލުހުން ވަނީ އޭނާއަށް އެ ހަވާލުކޮށްފަ އެވެ. އެކަމަކު އެ ފެނުނީ ކޮން ތަނަކުން ކަމެއް ފުލުހުން ނުބުނެ އެވެ.