ސުނިލް ޝެޓީ އަށް ހޮލީވުޑްގެ ފިލްމެއް
ސުނިލް ޝެޓީ އަށް ހޮލީވުޑްގެ ފިލްމެއް

ދިވެހިރާއްޖޭގެ ފިޓްނެސް އެމްބެސެޑަރަކަށް ހަމަޖައްސާފައިވާ ބޮލީވުޑްގެ އެކްޓަރު ސުނިލް ޝެޓީ ހޮލީވުޑްގެ ފިލްމަކަށް ސޮއިކޮށް، އޭގެ ޝޫޓިން ފަށައިފި އެވެ.

މުމްބާއީ މިރާ އިން ބުނިގޮތުގައި ވަރަށް މަދުން މިހާރު ފިލްމުތަކުން ފެންނަ އެކްޓަރު ސޮއިކޮށްފައި ވަނީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ޖެފްރީ ޗިން ޑައިރެކްޓްކުރާ "ކޯލް ސެންޓާ" އަށެވެ. އިންޑިއާގެ ހައިދަރުއާބާދުގައި ފިލްމުގެ ޝޫޓިން ވެސް މިހާރު ކުރިއަށްދާ ކަމަށާއި ފިލްމުގައި ސުނިލް ކުޅޭނީ ފަގުޑި އެޅި ސިކް ފުލުހެއްގެ ރޯލުން ކަމަށް މުމްބާއީ މިރާ އިން ބުންޏެވެ.

އެ ނޫހުން ބުނި ގޮތުގައި "ކޯލް ސެންޓާ" އަކީ އެމެރިކާ އާއި އިންޑިއާގެ އެކްޓަރުން މަސްހުނިކޮށްގެން ހަދާ ފިލްމެކެވެ. އަދި މީގެ މައިގަނޑު ޕްލޮޓް އެނބުރެނީ އިންޑިއާގައި ވަރުގަދަ ކޯލް ސެންޓަރެއް ހިންގާ ހަތަރު މީހަކު، އެ ގައުމުގައި ހުންނަ އެމެރިކާގެ ކުންފުންޏަކުން ކުރާ ބޮޑު ވައްކަމެއް ތަހުގީގުކުރަން ކުރާ މަސައްކަތުގެ މައްޗަށެވެ.

ފިލްމުގެ ޝޫޓިން ކުރިއަށްދާ އިރު އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި "ކޯލް ސެންޓާ" ގެ ޝޫޓިން ނިންމައިލާނެ ކަމަށްވެ އެވެ.

"ދަޅުކަން ފަދަ ފިލްމުތައް ކުޅުނު ސުނިލް، 58، އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ ދާދި ފަހުން ރިލީޒްކުރި ކަންނާޑާ ފިލްމު "ޕެއިލްވާން" އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ރަޖްނީކާންތުގެ ތަމަޅަ ފިލްމު "ދަރުބާރު" އާއި މަލަޔާޅަން ފިލްމު "މަރައްކަރް: ދަ ލަޔަން އޮފް ދި އެރޭބިއަން"، "މުމްބާއީ ސާގާ" އަދި "ހީރާ ޕޭރީ 3" ހިމެނެ އެވެ.