25 ސެޕްޓެމްބަރ 2016 - 06:18
އެމެރިކާގެ ސެން ފްރެންސިސްކޯ ބޭ ގައި، ދޯނިތަކުގައި ދިރިއުޅޭ މީހުންނަށް ރޭގަނޑު މޫދުން އަޑެއް އިވޭ ކަމުގެ ވާހަކަތައް ދެކެވެން ފެށީ 1980ގެ ތެރޭގަ އެވެ. މިއީ މޫދަށް ދޫކޮށްލާފައި ހުންނަ ޖަންކްޝަން ހޮޅިން ނުވަތަ އަސްކަރީ އަޖުމަބެލުންތަކުން އިވޭ އަޑެއް ކަމަށް ވެސް އޭރު ވާހަކަ ދެކެވިފައިވެ އެވެ. އަނެއް ބަޔަކު ބުނަމުން ދިޔައި އެއީ އެހެން އާލަމެއްގެ މަހުލޫގުންތަކެއް އުޅޭ އަޑު ކަމަށެވެ.
އަނގައިން ރާގެއް ކުޅެލާ ފަދަ ގޮތަކަށް އިވޭ މި އަޑު ފަތިސްވުމާ އެކު ކެނޑެ އެވެ. އެހެންވެ މިއީ އާދަޔާ ހިލާފު ކަމެއްގެ ގޮތުގައި އޮތީ ބެލެވިފަ އެވެ.
މި އަޑު ގޮއްވަނީ ޕްލެއިންފިން މިޑްޝިޕްމަން ފިޝްގެ ފިރިހެން މަހެވެ. މި މަސްތައް ރޭގަނޑު އަޑު ގޮއްވަނީ އޭގެ އަންހެން ޖިންސުގެ މަސްތަކާ ގައިގޯޅިވާން ބޭނުންވެ އެކަމަކު އަންހެން މަސްތައް އެކަމަށް އިންކާރު ކުރުމުންކަން ސައިންސްވެރިން ހޯދައިފި އެވެ. މި އަޑު އުފައްދަނީ ފިރިހެން މަހުގެ ބްލެޑާ ތެރެއިންނެވެ. ބައެއް ފަހަރު ރީތި ރާގެއް އަދި ބައެއް ފަހަރު ޖެޓެއް ދުއްވާ އަޑު ފަދަ އަޑެއް ވެސް ނިކުމެދާނެ އެވެ. އަދި ބައިވަރު މަސްތައް އެއް ވަގުތެއްގައި މިގޮތަށް އަޑު ގޮއްވާއިރު ރީތި ރާގެއްގެ ގޮތުގައި އިވެ އެވެ.
އަނެއް ސުވާލަކީ މިސޮރުމެން ރޭގަނޑު އަޑު ގޮއްވާ ސަބަބެވެ. ސައިންސްވެރިން ބުނަނީ ވަރަށް ގިނަ ޖަނަވާރުތަކުގައި ރޭގަނޑު އުފެދޭ ހޯމޯނެއް ކަމަށްވާ މެލަޓޯނިން އަކީ ޖަވާބު ކަމަށެވެ. މި މަސްތަކަށް ވެސް ރޭގަނޑު ވެއްޖެ ކަމުގެ ސިގްނަލް ލިބެނީ އިރު އޮއްސުމާ އެކު އުފެދެން ފަށާ މި ހޯމޯންގެ ސަބަބުންނެވެ. އެކަމަކު މެލަޓޯނިން އަކީ ނިންޖާ ގުޅުން ހުރި ހޯމޯނަކަށް ވާއިރު މި ހޯމޯން އުފެދޭ ވަގުތު މަސްތައް ނުނިދަނީ ކީއްވެތޯ އެއީ ސުވާލެކެވެ.
ސައިންސްވެރިން ބުނީ މިކަމާ ގުޅޭ ގޮތުން އަދި އިތުރަށް ހޯދުންތައް ހޯދަންޖެހޭ ކަމަށާއި ބައެއް ޖަނަވާރުތަކުގައި މެލަޓޯނިން މަސައްކަތްކުރާ ގޮތް ތަފާތުކަން ދިރާސާއިން އެނގިއްޖެ ކަމަށެވެ.