މައިލީ ސައިރަސް ދޫކޮށްލުމަށް ފަހު ލިއަމް ހެމްސްވޯތު އާ ލޯބިވެރިޔަކާ އެކު
މައިލީ ސައިރަސް ދޫކޮށްލުމަށް ފަހު ލިއަމް ހެމްސްވޯތު އާ ލޯބިވެރިޔަކާ އެކު

ލަވަކިޔުންތެރިޔާ މައިލީ ސައިރަސް ވަރިކުރި ހޮލީވުޑްގެ އެކްޓަރު ލިއަމްސް ހެމްސްވޯތު އާ ލޯބިވެރިޔަކު ހޯދައިވާ ކަމަށް މީޑިއާތަކުން ބުނަން ފަށައިފި އެވެ.

މައިލީ ސައިރަސް ދޫކޮށްލުމަށް ފަހު ލިއަމް ހެމްސްވޯތު އާ ލޯބިވެރިޔަކާ އެކު
މައިލީ ސައިރަސް ދޫކޮށްލުމަށް ފަހު ލިއަމް ހެމްސްވޯތު އާ ލޯބިވެރިޔަކާ އެކު

ޕީޕަލް އިން ބުނާގޮތުގައި، އޮސްޓްރޭލިއާ އަށް އުފަން 29 އަހަރުގެ އެކްޓަރު މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ "ސްޓްރޭންޖާލޭންޑް" އާއި "ޑައިނާސްޓީ" ފަދަ ސިލްސިލާތަކުން ފެނިފައިވާ 22 އަހަރުގެ މެޑިޒަން ބްރައުންއާ އެވެ.

އެ މަޖައްލާ އިން ބުނި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ ނިއު ޔޯކުން ވެސް ލިއަމް އާއި މެޑިޒަން އަތުގައި ހިފައިގެން އުޅެނިކޮށް ފެނިފައިވެ އެވެ. އޭގެ ފަހުން ރެސްޓޯރަންޓެއްގައި އެ މީހުން ކާން ތިިއްބައި ނަގާފައިވާ ފޮޓޯތަކެއް ވެސް މީޑިއާތަކުގައި އާންމުވެފައިވެ އެވެ.

އާ ލޯބިވެރިޔަކު ހޯދި ނަމަވެސް ދެން އެހާ އަވަހަށް ކައިވެނިކުރުމުގެ ވިސްނުމެއް ލިއަމް ނުގެންގުޅޭ ކަމަށް ވެސް ޕީޕަލް އިން ބުންޏެވެ.

އޭނާއާ ވަރަށް ގާތް މީހަކާ ހަވާލާދީ ޕީޕަލް އިން ބުނި ގޮތުގައި އުންމީދު ވެސް ނުކުރާ ގޮތަކަށް ވަރަށް އަވަހަށް ކައިވެނި ރޫޅެންޖެހުމުން ލިއަމް ހުރީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. އެކަމަކު އެހާ އަވަހަށް ސީރިއަސް ލޯބީގެ ގުޅުމަކަށް ގޮސް ކައިވެނިކުރުމުގެ ވިސްނުމެއް ނެތް ކަމަށް ބުންޏެވެ.

މަޝްހޫރު އެކްޓަރު ކްރިސް ހެމްސްވޯތުގެ ކޮއްކޮ ލިއަމް އާއި މައިލީ ކައިވެނިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އަދި އެ ދެ މީހުން ވަކިވީ މިދިޔަ އޮގަސްޓް މަހު އެވެ. ކައިވެނިކުރިތާ ގާތްގަނޑަކަށް އަށް މަސް ފަހުން އެ ކައިވެނި ރޫޅުމާ އެކު މީޑިއާތަކުގައި އެކި ވާހަކަތައް ދެކެވުނެވެ.

ރިޕޯޓްތައް ބުނާގޮތުން އޭނާ މިހާރު އަންނަނީ އޮސްޓްރޭލިއާގެ ލަވަކިޔުންތެރިޔާ ކޯޑީ ސިމްޕްސަންއާ ޑޭޓްކުރަމުންނެވެ.