އިންޑޮނީޝިއާ އިން ޕެޕްސީ ގެއްލިއްޖެ
އިންޑޮނީޝިއާ އިން ޕެޕްސީ ގެއްލިއްޖެ

ގިނަ ބައެއްގެ މެދުގައި މަގުބޫލު ޕެޕްސީ އަށް އިންޑޮނީޝިއާގައި އޮތް މާކެޓް ގެއްލި، އެ ގައުމުން ޕެޕްސީ އަށް ބުރާސްފަތި ދުވަހުން ފެށިގެން އަލްވަދާއު ކިޔަން ޖެހިއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑޮނީޝިއާގައި ޕެޕްސީ ޑިސްޓްރިބިއުޓްކުރަން ޕެޕްސިކޯ އާއި އަނޫގޭރާ އިންޑޯފުޑް ބެރޯކާ މަކްމޫރްއާ އެކު ހަދާފައިވާ އެއްބަސްވުން ބުރާސްފަތި ދުވަހަށް ހަމަވުމާ ގުޅިގެން އެއްބަސްވުން އާ ނުކުރަން އިންޑޯފުޑުން ވަނީ ނިންމައިފަ އެވެ.

މި ނިންމުމާ ގުޅިގެން ކުރިއަށް އޮތް ތަނުގައި އިންޑޮނީޝިއާ ފިހާރަތަކާއި ރެސްޓޯރަންޓްތަކާއި އެ ނޫން ތަންތަނުން ޕެޕްސީ ގަންނާކަށް ނުލިބޭނެ އެވެ. އަދި ކައިރި މުސްތަގުބަލެއްގައި އެ ގައުމަށް ޕެޕްސި އެނބުރި އައުމުގެ ފުރުސަތެއް ވެސް ނެތް ކަމަށް މީޑިއާތަކުން ބުންޏެވެ.

ޖަކާޓާ ޕޯސްޓުން ބުނިގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އިންޑޮނީޝިއާގައި ޕެޕްސީ އަށް އޮތް މާކެޓް ވަނީ ވަރަށް ބޮޑުތަނުން ވެއްޓިފަ އެވެ. އަދި އެ އެ ގައުމުގައި ވިއްކާ ޕެޕްސީގެ އުފެއްދުންތަައް ބާޒާރު ވަރަށް ބޮޑަށް މަދުވެފައިވެ އެވެ.

ޕެޕްސީ އަށް އިންޑޮނީޝިއަން އަލްވަދާއު ކިޔަން ޖެހުމުން، އެންމެ ވާދަވެރި ބުއިން ކޮކަ-ކޯލާގެ ޑިމާންޑް އެ ގައުމުގައި ބޮޑުވަމުން އަންނާތީ އުފެއްދުން ވެސް އިތުރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.