09 އޮކްޓޯބަރ 2019 - 19:12

ރ. އަތޮޅު ފަޅުރަށެއްގެ ބޭރުގައި ސްނޯކްލިން އަށް ގޮސް އުޅުނު ޒުވާނެއްގެ ފައިގައި ޑިންގީއެއްގެ ބުރަފަތިން ޖެހި ފައި ބުރިވެއްޖެ އެވެ.
ރ. ނެއޮ ކިޔާ ފަޅު ރަށެއްގެ ބޭރުގައި ފީނަށް އޮއްވައި އަބްދުﷲ ހަލީމް، 27، ގައިގައި ޖެހުނީ އެ އަތޮޅުގައި ހަދާ ރިސޯޓެއް ކަމަށްވާ ކޮއްޓަފަރުގައި ދުއްވާ ޑިންގީއެކެވެ.
އޭނާ އަށް އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު އަންނަނީ މާލެ އަށް ގެނައުމުގެ މަސައްކަތްކުރަމުން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.
ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ވާތު ފައިގެ ކުޑަހުޅު މަތިންނެވެ. ފައި ވަކި ނުވެ ހަރުލާފައި އޮންނަނީ ކުޑަކުޑަ ތަންކޮޅަކުންނެވެ. ކުޑަހުޅު މަތިން ބުރިވުމުގެ އިތުރުން ވެސް ބުރަފަތިން ޖެހި ފައިގެ އެހެން ތަންތަން ވެސް ވަރަށް ބޮޑަށް ކަފައިގެން ގޮސްފައި ހުއްޓެވެ.
ފުލުހުން ބުނީ މި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.