08 އޮކްޓޯބަރ 2019 - 16:29

ހުޅުމާލޭގެ އިމާރާތެއްގެ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ފުލުހުން ރޭ ހޯދައިފި އެވެ.
ހުޅުމާލޭގެ ފްލެޓެއްގައި މަސްތުވާތަކެތި ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނާއި އެސްއޯ ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ފެނުނު އެއްޗެހީގެ ތެރޭގައި 11 ބްލެޓުގެ މަސްތުވާތަކެއްޗާއި މަސްތުވާ ބާވަތަކަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި، ޓޮމާޓޯ ސޯސް ހުސްކުރި، ހަތް ފުޅި ހިމެނެ އެވެ.
ރޭ ދަންވަރު 1:30 ހާ އިރު ހިންގި އޮޕަރޭޝުން އެ އެއްޗެހި ފެނުނީ މީހުން އުޅޭ ފްލެޓަކުން ނޫން ކަމަށް، ފުލުހުން ބުނެ އެވެ. މަސްތުވާތަކެތި ފޮރުވާފައި ހުރީ އިމާރާތުގެ ތިން ވަނަ ބުރީގެ ތަނެއްގަ އެވެ.
ފުލުހުން ބުނީ މި މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރުނުކުރާ ކަމަށެވެ.