އުރީދޫ "ކްރޭޒީ ރޭސް"، މި ފަހަރު އެސްއެމްއެސް މެދުވެރިކޮށް
އުރީދޫ "ކްރޭޒީ ރޭސް"، މި ފަހަރު އެސްއެމްއެސް މެދުވެރިކޮށް

އުރީދޫ މޯލްޑިވްސް އިން "ކްރޭޒީ ރޭސް" ގެ ނަމުގައި ވަރަށް ފޯރިގަދަ އެސްއެމްއެސް މުބާރާތެއް ފަށައިފި އެވެ.

އުރީދޫ "ކްރޭޒީ ރޭސް"، މި ފަހަރު އެސްއެމްއެސް މެދުވެރިކޮށް
އުރީދޫ "ކްރޭޒީ ރޭސް"، މި ފަހަރު އެސްއެމްއެސް މެދުވެރިކޮށް

މި މުބާރާތުގައި ބައިވެރިވާ މީހުންނަށް ގިނަ އިނާމުތަކެއް ލިބެ އެވެ. އެގޮތުން ސެމްސަން ބަޑްސް އާއި އެޕަލް އެއާޕޮޑާއި ގެލެކްސީ ވޮޗާއި އެޕަލް ވޮޗާއި ސެމްސަން ގެލެކްސީ އެސް 10 ގެ ފޯނު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މި މުބާރާތުގެ ބޮޑު އިނާމު ހޯދާ މީހަކަށް ޖެޓްސްކީ އެއް ލިބޭނެ އެވެ.

- ކޮންމެ ހަފްތާއަކު: ސެމްސަން ބަޑްސް، އެޕަލް އެއާޕޮޑް، ގެލެކްސީ ވޮޗް، އެޕަލް ވޮޗް

- ކޮންމެ މަހަކު: ސެމްސަންގް ގެލެކްސީ އެސް 10 ގެ ފޯނު

- މުޅި މުބާރާތުގެ އެއް ވަން: ޖެޓްސްކީ

މި މުބާރާތުގައި ބައިވެރިވާ މީހުން އެސްއެމްއެސް މެދުވެރިކޮށް އަންނަ ސުވާލުތަކަށް ވީހާވެސް އަވަހަކަށް ރަނގަޅު ޖަވާބު ފޮނުވަންޖެހެ އެވެ. އަދި ވީހާވެސް ގިނަ ޕޮއިންޓް ހޯދަން ޖެހެ އެވެ.

މިގޮތުން ސުވާލުތަކަށް ޖަވާބުދޭ ސްޕީޑް އަވަސްވާ ވަރަކަށް، ލިބޭ ޕޮއިންޓް ވެސް އިތުރު ވާނެ އެވެ. އެކި ލެވެލްތަކަށް ބަހާލައިގެން މި ސުވާލު މުބާރާތުގައި ކުރާނީ ކާރު ރޭސިން އަދި ބައިކިންނާއި ބެހޭ ތަފާތު ސުވާލުތަކެވެ.

މި މުބާރާތް ތިން މަސް ދުވަހަށް ކުރިއަށްދާ އިރު “GO” ޖެހުމަށްފަހު 4242 އަށް އެސްއެމެސްއެމް ކޮށްލުމުން މުބާރާތުގައި ބައިވެރިވެވޭނެ އެވެ.

ކްރޭޒީ ރޭސް މެދުވެރިކޮށް ކޮންމެ ހަފްތާއަކު ދޭ އިނާމުތައް ލިބޭނީ، ބައިވެރިންގެ ތެރެއިން ނެގޭ ގުރުއަތުން ހޮވޭ މީހަކަށެވެ. މިގޮތުން، އެ ކުޅުންތެރިއެއްގެ ސްކޯ އިތުރުވާވަރަކަށް، ގުރުއަތުން މޮޅުވުމުގެ ފުރުސަތު ބޮޑުވެގެންދާނެ އެވެ.

މީގެ އިތުރުން ކޮންމެ މަހެއްގައިވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ މީހަކަށް ސެމްސަން ގެލެކްސީ އެސް 10ގެ ފޯނެއް ލިބޭނެ އެވެ.