"ޔޭ ޖާދޫ ހޭ ޖިން ކާ" ސްޓާ ޕްލަސް އަށް
"ޔޭ ޖާދޫ ހޭ ޖިން ކާ" ސްޓާ ޕްލަސް އަށް

ސްޓާ ޕްލަސް އިން އަނެއްކާ ވެސް އާ ސިލްސިލާއެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދައްކަން ފަށާ ސިލްސިލާގެ ނަމަކީ "ޔޭ ޖާދޫ ހޭ ޖިން ކާ" އެވެ. މިއީ ފެންޓަސީ ސިލްސިލާއެކެވެ.

ބެލުންތެރިންގެ ބޮޑު މަގޫބުލުކަމެއް ހޯދި ސިލްސިލާތައް ކަމަށްވާ "އިސް ޕިޔާރު ކޯ ކިޔާ ނާމް ދޫ" އާއި "އިޝްގްބާޒް" އަދި "ގުބޫލް ހޭ" ފަދަ އެތައް ސިލްސިލާއެއް ގެނެސްދިން ޕްރޮޑިއުސަރު ގުލް ހާން ގެނެސްދޭ "ޔޭ ޖާދޫ ހޭ ޖިން ކާ" ގެ ލީޑް ރޯލުން ފެނިގެންދާނީ "ގުބޫލް ހޭ" އާއި "އޭކް ހަސީނާ ތީ" ފަދަ ސިލްސިލާތައް ކުޅެފައިވާ އެކްޓަރު ވިކްރަމް ސިންގް ޗޯހަން އާއި އަލަށް ތައާރަފުކުރާ ބަތަލާ އަދިތީ ޝަރުމާ އެވެ.

މިހާރު ޕްރޮމޯ ވެސް ދައްކަމުން އަންނަ ސިލްސިލާގެ އިތުރު ކާސްޓުންގެ ތެރޭގައި ސުމީތާ ބަންސާލް، ޖަޔަތީ ބާޓިއާ، ސުޝާންތު ސިންގް، އަންކިތާ ޝަރުމާ، ގަރީމާ ވިކްރަންތު ސިންގް އަދި ބެހްޒާދު ޝާހް ފަދަ ތަރިން ހިމެނެ އެވެ.

"ޔޭ ޖާދޫ ހޭ ޖިންކާ" އަކީ ޝާހީ ގޮތްގަނޑު ވެސް ވަރަށް ބޮޑަށް ފެނިގެންދާނެ އަދި ރޫހާނީ ކަންތައްތަކެއްގެ ތެރެއިން ހިނގ ހާދިސާތަކެއް ދައްކުވައިދޭނެ ސިލްސިލާއެކެވެ.